ބަންގްލަދޭޝްގެ ވަގުތީ ވެރިއަކަށް ހަމަޖެހުނު މުހައްމަދު ޔޫނުސް
ބަންގްލަދޭޝްގެ ވަގުތީ ވެރިއަކަށް ހަމަޖެހުނު މުހައްމަދު ޔޫނުސް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި ޔޫނުސް އަށް މަރުހަބާ ވިދާޅުވެ، އޭނާގެ ވެރިކަމުގައި ބަންގްލަދޭޝަށް ކުރިއެރުން އެދިވަޑައިގެންފައިވެއެވެ.
ސިވިލް ސާވިސްގެ ވަޒީފާތަކާ ގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ފެށުނު މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވުމާ ގުޅިގެން، ބޮޑުވަޒީރު ޝައިހް ހަސީނާ ވަނީ އިސްތިއުފާ ދެއްވައި ޤައުމު ދޫކުރައްވާ ވަޑައިގެންފައެވެ. އެ ޤައުމުގެ އަސްކަރިއްޔާގެ އެހީގައި ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ވަގުތީ ސަރުކާރެއް އުފައްދައި، ނޯބެލް އިނާމު ލިބިފައިވާ މުހައްމަދު ޔޫނުސް ވަނީ އެ ޤައުމުގެ ވަގުތީ ވެރިއަކަށް ހަމަޖައްސާފައިވެއެވެ.
އުމުރުފުޅުން 84 އަހަރުގެ ޔޫނުސް މިއަދު ބަންގްލަދޭޝަށް ވަޑައިގެން މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު، ޤައުމު އަލުން ހަމައަކަށް އެޅުވުމަކީ އޭނާގެ ކުރިމަތީގައިވާ ބޮޑު ގޮންޖެހުމެކެވެ. އެހެނީ ބަންގްލަދޭޝްގައި މިހާރުވެސް ޝައިހް ހަސީނާއަށް ތާއީދު ކުރާ މިލިއަނެއްހާ މީހުން އެބަތިއްބެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް