ޖަޕާނުގައި ފުރަތަމަ ފަހަރަށް "މެގާކުއޭކް" އެއްގެ އިންޒާރު ދީފި

ޖަޕާން

ޖަޕާނުގެ ދެކުނު ސަރަހައްދުގައި ރިކްޓަރ ސްކޭލްގެ 7.1 ގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން، ޖަޕާނުން ވަނީ ފުރަތަމަ ފަހަރަށް "މެގާކުއޭކް" އަކަށް އިންޒާރު ދީފައެވެ. މި ބިންހެލުން އައީ ބުރާސްފަތި ދުވަހުގެ ހަވީރު 4:42 ގައި ކިއުޝޫ ޖަޒީރާގެ މިޔަޒަކީ ޕްރިފެކްޗަރގެ އައްސޭރިފަށުންނެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ބިންހެލުން އައީ ފަނަރަ މޭލު ފުންމިނުގައެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީ އިންޒާރެއް ނެރުނު ނަމަވެސް، ފާހަގަކުރެވޭފަދަ ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއްވެސް ވެފައެއް ނުވެއެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިމަސާ ހަޔަޝީ ވިދާޅުވި ގޮތުގައި ތިން މީހަކަށް ކުދިކުދި އަނިޔާތަކެއް ވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވެއެވެ. އަދި މިޔަޒަކީ ޕްރިފެކްޗަރގެ ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ގެއްލުން ލިބުނު ކަމުގެ 10 ރިޕޯޓު ލިބިފައިވެއެވެ. ހަޔަޝީ ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް އައްސޭރިފަށުން ދުރުގައި ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.

ބިންހެލުމާ ގުޅިގެން ބޭއްވުނު ކުއްލި ބައްދަލުވުމެއްގައި، ބިންހެލުމުގެ ސަބަބުން ކައިރީގައިވާ ނަންކައި ޓްރަފްގެ ސަރަހައްދަށް އަސަރު ކޮށްފައިވޭތޯ ދިރާސާކޮށްފައިވެއެވެ. މޫސުމާބެހޭ އިދާރާއިން ވަނީ "މެގާ އަރތްކުއޭކް ކޯޝަން" އެއް ނެރެ، ކުރިއަށް އޮތް ތަނުގައި ބޮޑު ބިންހެލުމެއް އައުމުގެ ފުރުސަތު އާދަޔާ ޚިލާފަށް ބޮޑުކަމަށް އަންގާފައެވެ. ނަމަވެސް ކައިރި މުސްތަޤުބަލެއްގައި ބޮޑު ބިންހެލުމެއް ކަށަވަރުކަމާއެކު އަންނާނެ ކަމަކަށް  ބުނެފައެއްނުވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy