ޕެރިސް އޮލިމްޕިކްސްގައި އެމެރިކާ އެންމެ ކުރީގައި

ޕެރިސް އޮލިމްޕިކްސްގައި އެމެރިކާ

2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކް ގޭމްސްގެ ދެވަނަ ހަފްތާ ފެށުމާއެކު، އެމެރިކާ، ޗައިނާ އަދި ފްރާންސް ވަނީ މެޑަލް ވަޒަންކުރުމުގައި އިސް ސަފުގައެވެ. އެމެރިކާ ވަނީ ޖުމުލަ މެޑަލްތަކުގެ އަދަދުންނާއި ރަން މެޑަލްތަކުގެ އަދަދުން އެންމެ އިސް މަޤާމުގައި ހިމެނިފައެވެ.

އެމެރިކާގެ ޖިމްނާސްޓް ސިމޯން ބައިލްސް ވަނީ އަންހެނުންގެ ޓީމު އިވެންޓުން ރަން މެޑަލް ހޯދުމުގެ އިތުރުން، އޯލްރައުންޑް އަދި ވޯލްޓް މުބާރާތުން ވެސް ރަން މެޑަލް ހާސިލުކޮށް، އޮލިމްޕިކްސް ތާރީޚުގައި އެންމެ ގިނަ މެޑަލް ހޯދި ޖިމްނާސްޓްގެ މަޤާމު ހޯދާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ބީމް އިވެންޓުން ރިހި މެޑަލް ވެސް ހޯދާފައެވެ.

ފެތުމުގެ މުބާރާތްތަކުން ޚާއްޞަ ކާމިޔާބީތަކެއް ހޯދުމަށްފަހު، ކޭޓީ ލެޑެކީ ވެސް ވަނީ އެންމެ ގިނަ މެޑަލް ހޯދި އަންހެން އޮލިމްޕިއަނުގެ ލަޤަބު ހޯދާފައެވެ.

އެމެރިކާގެ އަންހެނުންގެ ރަގްބީ ސެވަންސް ޓީމުން ވަނީ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު ބްރޯންޒް މެޑަލް މެޗުން ކާމިޔާބު ހޯދައި، ޓީމް ޔޫއެސްއޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރަގްބީން މެޑަލް ހާސިލުކޮށްފައެވެ. މިއީ 1924 ގައި ޕެރިސްގައި ބޭއްވުނު އޮލިމްޕިކްސްގައި ފިރިހެނުންގެ ޓީމުން ރަން މެޑަލް ހޯދުމަށްފަހު އެމެރިކާއިން ރަގްބީން ހޯދި ފުރަތަމަ މެޑަލެވެ.

އޮލިމްޕިކްސްގެ ލީޑަރބޯޑުގައި ޤައުމުތަކުގެ ވަނަތަށް ކަނޑައަޅަންވީ ގޮތާ ބެހޭގޮތުން އިންޓަނެޓުގައި ފުޅާ ދާއިރާއެއްގައި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ޖުމުލަ މެޑަލްތަކަށް އިސްކަން ދޭންވީތޯ ނުވަތަ ހަމައެކަނި ރަން މެޑަލްތަކަށް އަހައްމިއްޔަތުކަން ދޭންވީތޯ މިހާރު ވެސް ސުވާލު ކުވެމުންދެއެވެ.

 

IMG_8989.jpeg

     

2024 ރަން މެޑަލްތަކުންނާއި ޖުމްލަ މެޑަލްތަކުން ބަލާއިރު، ޗައިނާ ވަނީ ދެވަނައިގެ މަޤާމުގައެވެ. ޗައިނާއިން ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވަނީ ޝޫޓިންގ އަދި ޑައިވިންގ އިވެންޓްތަކުންނެވެ. މީގެ އިތުރުން، ސްވިމިންގ އިވެންޓްތަކުންވެސް ޗައިނާއިން ވަނީ ގިނަ މެޑަލްތަކެއް ހާސިލުކޮށްފައެވެ.

އާންމު ގޮތެއްގައި އެމެރިކާއިން އެންމެ ވަރުގަދަ ޕަފޯމަންސް ދައްކާ 4x100 މީޓަރު މެޑްލޭ ރިލޭގައި، މިފަހަރު ޗައިނާގެ ފިރިހެނުންގެ ޓީމުން ވަނީ އެމެރިކާއަށްވުރެ މޮޅު ނަތީޖާއެއް ހޯދާފައެވެ.

މި އޮލިމްޕިކްސްގައި އެމެރިކާއިން ވަނީ 594 ކުޅުންތެރިން ބައިވެރިކޮށް، އެންމެ ގިނަ ކުޅުންތެރިން ބައިވެރިކުރި ޤައުމުގެ ރެކޯޑު ހޯދާފައެވެ. ދެވަނައަށް އެންމެ ގިނަ ކުޅުންތެރިން ބައިވެރިކޮށްފައިވަނީ 571 ކުޅުންތެރިންނާއެކު ފްރާންސްއިންނެވެ.

އެތްލެޓިކްސް އިވެންޓްތަކުގައި، އެމެރިކާގެ ނޯއާ ލައިލްސް ވަނީ ފިރިހެނުންގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަންހެނުންގެ 200 މީޓަރު ދުވުމުން އެމެރިކާގެ ގެބީ ތޯމަސް ރަން މެޑަލް ހޯދިއިރު، ހަމަ އެ އިވެންޓުން އެމެރިކާގެ ބްރިޓަނީ ބްރައުން ވަނީ ބުރޮންޒް މެޑަލް ހާސިލުކޮށްފައެވެ.

2020 ވަނަ އަހަރު ޓޯކިޔޯގައި ބޭއްވުނު އޮލިމްޕިކްސްގައި އެމެރިކާއިން 113 މެޑަލް ހޯދާފައިވާއިރު، މިއީ އެހެން ހުރިހާ ޤައުމަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ފަރަގެކެވެ. އެންމެ ގާތުން ފަހަތުން އައި ޗައިނާއިން ހޯދާފައިވަނީ 89 މެޑަލެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy