މިނިސްޓަރ ޒަމީރު ބައްދަލުވުމުގައި ތަޤްރީރުކުރައްވަނީ / ފޮޓޯ:ފޮރިން މިނިސްޓްރީ
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހުއްޓުވުމަށާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ނިމުމަކަށް ގެނައުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތައް ހުރިހާ ޤައުމުތަކަކަށް ހަމަހަމަކަމާއެކު ތަންފީޒުކުރުމަކީ ދުނިޔޭގެ މުޖުތަމަޢުގެ ޒިންމާއެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިވަގުތު އެންމެ އިސްކަންދޭންވީ ކަމަކީ ޣައްޒާގެ ހަނގުރާމަ ވަގުތުން ހުއްޓުވައި، ފަލަސްތީނު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަށަވަރުކުރުން ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކޮށް، އެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.
މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، މި ހަމަނުޖެހުމަށް އޮތް ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރީގެ ފަލަސްތީނުގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ އޭގެ ވެރިރަށް ކަމުގައި ބަލައިގަނެ، މިނިވަން އަދި ސިޔާދަތީ ބާރު ލިބިގެންވާ ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމެވެ.
އީރާނުގައި ހުންނެވި ހަމާސްގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ އިޒްރޭލުގެ ހަމަލާއަކުން ޝަހީދުކޮށްލައިފަިވާ ކަން ކުށްވެރިކުރައްވައި، މިފަދަ ޢަމަލުތަކަކީ ސަރަޙައްދުގެ ސުލްޙައަށް ނޭދެވޭ އަސަރުކުރާނެ ކަންކަން ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އަވަސް ޙައްލަކަށް މަސައްކަތްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރުގެ މި ބަސްތަކުން، ރާއްޖެއިން ސަރަޙައްދުގެ ހަމަޖެހުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް