ޝެއިޙް ޑރ.ޝަޙީމްގެ އަބުރުކަތިލުމާއި ދެކޮޅަށް ޝާހިދު ނިކުންނަވައިފި

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާޙިދު

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ގުޅޭގޮތުން އެއްވެސް އަސާސެއް އަދި އަސްލެއް ނެތް ވީޑިއޯ އުފައްދާ، އެބޭފުޅާގެ އަބުރު ކަތިލުމަށް  ބަޔަކު މީހުން ކުރަމުންގެންދާ މަސައްކަތާއި ދެކޮޅަށް އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ނިކުންނަވައިފިއެވެ.

ސޯސަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ގޮތް ނޭނގޭ އެކައުންޓަކުން ޑރ. ޝަހީމުގެ އަބުރަށް ހުތުރުވާގޮތަށް އާއްމުކުރި ދޮގު ވީޑިއޯއަކާ ގުޅިގެން ޝާހިދު ވިދާޅުވީ، ޝެއިޙް ޝަޙީމްފަދަ ޢިލްމުވެރިއެއްގެ އަބުރު ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއްކަމަށާއި، ޝެއިޙް ޝަޙީމްގެ ޢިލްމީ މަޤާމަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ އޮއިވަރާ ޖަޒުބާތާއި ނަފްރަތުގައި ޖެހި އެފަދަ ޢިލްމުވެރިއެއްގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫންކަމަށެވެ.

ހަމަ އެފަދައިން ޝެއިޙް ޝަޙީމްފަދަ ޢިލްމުވެރިންގެ އަބުރުކަތިލުމަށް ޙަޤީގަތާއި ޚިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ. މިފަދަ ޢަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެކަމަށާއި، ޝެއިޙް ޝަޙީމްފަދަ ޢިލްމުވެރިންގެ އަގު ވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ބަސް ނުބުނެ ތިބެގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

"މިފަދަ ޢަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަންއެބަޖެހޭ.  އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމަޢުގެ ފޭރާން  ވީދާ ޚަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ. މި ފަދަ ނުބައި ޢަމަލުތައް ހަރުކަށި ޢިބާރާތުން  ކުށްވެރި ކުރަން." ޝާހިދުގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ރައީސް ޝާހިދު މިފަދަ ޕޯސްޓެއް ޑރ. ޝަހީމާއި ގުޅޭގޮތުން ކުރައްވާފައިވާއިރު، ޑރ. ޝަޙީމްގެ ޕީއެޗްޑީ ސެޓްފިކެޓާއި ގުޅޭގޮތުން ބައެއް މީހުން އުފައްދަމުން ގެންދާ ސުވާލުތަކަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިން ވެސް ގެންދަވަނީ ރައްދު ދެއްވަމުންނެވެ. އެބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ޑރ. ޝަޙީމުގެ ޕީއެޗްޑީގެ ސެޓްފިކެޓައި މެދު ސުވާލު އުފައްދޭނެ އެއްވެސް ޖާގައެއް ނެތެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

12 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

42 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy