ވަޒީފާއާބެހޭ ކަންކަން ބަލަހައްޓާ އިދާރާ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް އެންމެ ބޮޑު އެއް ޒިންމާ

ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް އުފައްދާފައިވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ހިންގުން އިއްޔެއިން ފެށިގެން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މި ބަދަލު ގެނެވުނީ ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާކުރުމަށްފަހުގައެވެ.

މިހާތަނަށް އެ އޮތޯރިޓީ ހިނގަމުން އައީ ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުންނެވެ. އޭގެ ކުރިން އެ އޮތޯރިޓީ ހިނގަމުން އައީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ މި އިދާރާ މިހާރު ހިނގަމުންދާނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. އެ މިނިސްޓްރީގެ ދަށުން ހިނގާ އެހެން އިދާރާތަކުގެ ތެރޭގައި އިމިގްރޭޝަން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، އެންސީއައިޓީ، އެންޑީއޭ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ނޭޝަނަލް ސައިބަރ ސެކިއުރިޓީ ހިމެނެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ހިންގުން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ އިރު މި ސަރުކާރުން ވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންގެންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ މަސައްކަތުން މިހާތަނަށް ވަނީ ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުން ގެންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓްވެސް ކޮށްލައިފައެވެ.

 

 

 

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy