ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ރައްޔިތުން ހޮއްވަވާނެ: ނާއިބް ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ޕީއެންއެފް ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި ދެވަނަ ދައުރަކަށް ރައީސަކު ހޮވާކަމުގައި ވާނަމަ މި ފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު، ހޮއްވަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް "ޕީއެންސީ ހަރުގެ ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާއިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ އިހްލާސްތެރި ވެރިއެއް ކަމަށާ އެމަނިކުފާނަކީ ވިދާޅުވާ ބަސްފުޅާ އަމަލާ ދިމާވާނެ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނާ އެންމެ ގާތުގައި ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަން ޔަގީން ކޮށް ދެއްވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު މިރޭ އޮތް ޖަލްސާގައި ވިދާޅުވީ "ދިވެހި ރައްޔިތުން ބޭނުންވަނީ އަމާން ސުލްހަވެރި ގައުމެއް ބިނާވާން، އެކަމުގެ މަސައްކަތުޕުޅު ރައީސުލް ޖުމުހޫރިއްޔާ އެކުރައްވަނީ، މި ސަބަބަށްޓަކައި ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގާނޫނީ ވެރިކަން ދަމަހައްޓާނެ" ކަމަށެވެ.

"އެމަނިކުފާނު (ރައީސުލް ޖުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ) ހާލަތާއި ވަގުތަށް ބެއްލެވުމަށްފަހު ރައްޔިތުންގެ އަޑު އެއްސެވުމަށްފަހު ފުކެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ" މިރޭ އޮތް ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް މުހައްމަދު ލަޠީފް ވިދާޅުވިއެވެ. "ރައީސުލް ޖުމުހޫރިއްޔާގެ މެނިސްފެސްޓޯގައި ތަރުތީބުކުރެވިފައިވާ ކަންތައްތަކަކީ މިވެރިކަމުގައި ހާސިލް ކުރެވޭނެ ކަންކަން".

ނާއިބު ރައީސް ވިދާޅުވީ ދައުލަތުގެ ބާރުތައް ހިނގާނީ ރައްޔިތުންގެ ކިބައިން ކަމަށާ އެ ހަނދާން ރައީސްގެ ކަންފަތްޕުޅުން ނެތިގެން ނުދާނެ ކަމަށެވެ. ރައީސް އެމަނިކުފާނުގެ ކެބިނެޓާއި ޕާޓީގެ ވެރީންނަށް އަބަދުވެސް ދެއްވާ އިރުޝާދަކީ އެއީ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހުރި ކަންކަން މި ދައުރުގެ ތެރޭގައި ހާސިލް ކުރެވޭނެކަންވެސް ފާހަގަކުރައްވާފައެވެ. އަދި މި ޒައާމަތުގައި ތަފާތު ދައްކަވައި، ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް މުއިއްޒު އިންތިޚާބުވެވަޑައިގަންނަވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"ފުރަތަމަ ފަހަރަށް ރާއްޖޭގައި ދެވަނަ ދައުރަކަށް ރައީސަކު ހޮވާކަމުގައި ވާނަމަ މި ފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެ ކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން،"

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy