ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން އަވާމީ ލީގުގެ ޕާޓީގެ އޮފީސް އަންދާލާފައި ފޮޓޯ: އޭއެފްޕީ
ބަންގްލަދޭޝް ޤާނޫނު ހަދާ މަޖިލިސް އުވައިލާފައިވާ ކަން އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން އިޢުލާންކޮށްފިއެވެ.
ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލިސް އުވާލާފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ޝައިޚް ހަސީނާ އިސްތިއުފާ ދެއްވައި އެގައުމުން ފިލައިގެން ދިޔަތާ އެއް ދުވަސް ފަހުންނެވެ.
ދާދި ފަހުން އައު ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ޢުމުރުން 76 އަހަރުގެ ޙަސީނާ އިސްތިޢުފާ ދެއްވާފައި ވަނީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވުމާ ގުޅިގެންނެވެ. އެ މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމުން ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 300އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ، މުޒާހަރާތަކުގައި ބައިވެރިވި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނެވެ.
ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުން އަސްކަރިއްޔާގެ އޮފިޝަލުންނާ ބައްދަލުކޮށް، އަސްކަރިއްޔާގެ ސަރުކާރެއް ބަލައިނުގަންނާނެ ކަމަށް ވަނީ ބުނެފައެވެ.
މުޒާހަރާ ކުރާ މީހުން ބުނެފައިވަނީ، ވަގުތީ ސަރުކާރުގެ އިސްވެރިއަކަށް ވާން ޖެހޭނީ ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް ކަމަށެވެ.
ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ޕާޓީގެ ތަރުޖަމާނަކު، އޭއެފްޕީއަށް ވިދާޅުވީ އިދިކޮޅު ލީޑަރު ދޫކޮށްލީ އެތައް އަހަރެއް ވަންދެން ގޭބަންދުގައި ބެހެއްޓުމަށްފަހު ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް