--
ކުރީގެ ރައީސް ޔާމީނަށް ހުރިހާ “ލަގާ”އެއް ދިނީ ޑރ ޖަމީލު ކަމަށް ޕީއެންސީގެ ޗެއާރޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޑރ ޖަމީލާއި މަލީހަކީ އެއްވެސް އިރަކު ރައީސް ޔާމިނަށް ހެޔޮ އެދިގެން އުޅުނު ބައެއް ނޫން ކަމަށާއި، މިހާރުވެސް ރައީސް ޔާމީންގެ ފަހަތުގައި އެ ތިބީ ހެޔޮ އެދިގެން ނޫން ކަމަށެވެ.
މިއީ ޔާމީން އާއި އަބްދުއްރަހީމް އާ ދެމެދު ހިޔާލު ތަފާތުވުން އުފެދުނު ފަހުން، އަބްދުއްރަހީމް މިހާ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވި ފުރަތަމަ ފަހަރެވެ. އަބްދުއްރަހީމްގެ ރައްދު "ހަމަލާ" ފެއްޓެވީ ރައްޔިތުން ހެއްލިދާނެ ކަމަށް ޔާމީން މާ މޮޅު ވާހަކަ ދައްކަވަން ނޫޅުއްވަން ނަސޭހަތްތެރިވެވަޑައިގަންނަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގަތީ އެމަނިކުފާނުގެ ހުރި ބޮޑާކަމާއި ކިބުރުވެރިކަމެއްގެ ބޮޑުކަމުން އެމަނިކުފާނު ނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން "ލަގޮނޑި"އަށް ކެތް ނުކުރެއްވިގެން ކަމަށެވެ.
ޔާމީންއަކީ ވެރިކަމުގެ އިއްޒަތާއި ލައްޒަތަށް ދަހިވެތިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މިކަން ވަކިން ބޮޑަށް މިއަދު ރައްޔިތުންނަށް ޔަގީން ވަނީ ސިޔާސީ ގޮތުން ފެއިލްވެފައި ތިބި ދެ ތިން މީހުން ގޮވައިގެން ތިޔަ ޖަހާ ހަޑި ހުތުރު މުޑުދާރު ސަކަރާތުން،" ޔާމީން އިސްވެ ހުންނަވައި ޕީއެންއެފް އޮފީހުގައި ކޮންމެ ހަފްތާއަކު ހެން ބާއްވަމުން އަންނަ ޖަލްސާތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންއެފް އޮފީހުގައި ބާއްވަމުން އަންނަ ޖަލްސާތަކުގައި ވާހަކަ ދައްކަވާ ގިނަ ބޭފުޅުން ފާޑު ވިދާޅުވަނީ ރައީސް މުއިއްޒުގެ ސަރުކާރަށެވެ. ހާއްސަކޮށް، ޔާމީން ގެންދަވަނީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ، ތަފާތު އެކިއެކި ތުހުމަތުތައް ވެސް ކުރައްވަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް