ނައިބު ރައީސްގެ އިލްތިމާޞްއެއް: "ވާހަކައެއް ދެއްކެވުމުގެ ކުރިން ވިސްނުން އެއްކުރައްވާ!"

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް

ވާހަކަދެއްކުމުގެ ޤާބިލްކަން ލިބިފައި ހުރި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންފުޅު ވާހަކައެއް ދެއްކޭނެ ކަމަށާއި، ނަމަވެސް ވާހަކައެއް ދެއްކުމުގެ ކުރިން ވިސްނުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަތީފް އިލްތިމާޞް ކުރައްވައިފިއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ޕީއެންސީ ހަރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“މިއަދު އަޅުގަނޑަށްވެސް ބޭނުން ވާހަކައެއް ދެއްކިދާނެ. އެ އިޚްތިޔާރު އަޅުގަނޑަށް އެބަ އޮތް. އެކަމަކު ވާހަކައެއް ދެއްކުމުގެ ކުރިން ވިސްނުން އިސްކުރަން ވާނެ. އެހެން ނޫންނަމަ އެކަމުގެ ސަބަބުން މުޖުތަމަޢުން އޭގެ ނޭދެވޭ އަސަރު ފެންނާނެ - ނައިބު ރައީސް ވިދާޅުވިއެވެ.

d1c29618-975b-422b-9c37-f10163c57358.jpg

ނައިބު ރައީސް މިފަދައިން ވިދާޅުވީ ސަރުކާރާ ގުޅޭގޮތުން އިދިކޮޅު ފަރާތްތައް މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ގުޅޭގޮތުން އެކަމަށް ރައްދެއް ދެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި އިނގުރައިދޫ ދާއިރާގެ ފަލާޙު ވަނީ ރައީސް ޔާމީނަށް ވަރަށް ވަރުގަދަ ބަހުގެ ޙަމަލާތައް ރައްދު ކޮށްފައެވެ.

“ރައީސް ޔާމީނަށް މިއަދު އަޅުގަނޑު ވެއްޖެ ނުކިޔަވާ މީހަކަށް. އޭރު އަޅުގަނޑު ހަމަ ރަނގަޅު. ރައީސް ޔާމީންގެ ނަޒަރުގައި އަޅުގަނޑު އޭރު ހުރީ ކިޔަވައިގެން. މިއަދު ނުކިޔަވާ. މީގެ ކުރިން ޢަބްދުއްރަޙީމަކީވެސް ކިޔަވައިގެން ހުރި ބޭފުޅެއް. ނަމަވެސް މިއަދު ޢަބްދުއްރަޙީމްވެސް ވެއްޖެ ނުކިޔަވާ ހުރި މީހަކަށް. މި ވާގޮތެއް އެބަ ޖެހޭ ބަލަން - ފަލާޙު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާޙު ވިދާޅުވީ، ރައީސް ޑރ މުޢިއްޒަކީ މި ޤައުމުގައި ދެ ދަޢުރު ވެރިކަން ކުރައްވާނެ ވެރިއެއް ކަމަށާއި، ﷲގެ ރަޙްމަތްފުޅުން އެކަން ފުރިހަމަވާނެ ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

33 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy