އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާޙު
19 ވަނަ ރައްޔިތުންގެ މަޖިލިސް ކެމްޕެއިނަށް ޕާޓީއަށް ލިބުނު 5 މިލިއަން ޑޮލަރަށް ވީނުވީ އެއް އެނގޭނީ ރައީސް ޔާމީނަށް ކަމަށާއި، އެކަން އޭރު ތިއްބެވި މެމްބަރުންނަށްވެސް ނޭނގޭކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާޙު މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ހެންވޭރު ގައި ދިހަ ބުރިއަށް ބޮޑު އިމާރާތެއް އަރާތީ އެބަ ފެނޭ. ލިބޭ މުސާރައިން އެކަމެއް ނުކުރެވޭނެ. އެހެންވީމަ އެކަމާ ސުވާލު ކުރާނެ ރައްޔިތުން. އެކަން އެބަ ޖެހޭ ސާފުކޮށްލަން. ސުވާލުކޮށްލަން އެބަަ ޖެހޭ.” ފަލާޙު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ގިނަ ތުޙުމަތެއް ފަލާޙު މިރޭ ކުރެއްވި އިރު، މިރޭގެ ޖަލްސާގައި ފަލާޙު ވިދާޅުވީ، ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކުމުން ހިނި އަންނަ ކަމަށާއި، އެމްޑީޕީއާއެކު އެއްދާން ކުރެވޭއިރުވެސް މިއަދު ރައީސް ޔާމީނަށް ރަނގަޅު ކަމަށެވެ.
“ރައީސް ޔާމީނަށް މިއަދު އަޅުގަނޑު ވެއްޖެ ނުކިޔަވާ މީހަކަށް. އޭރު އަޅުގަނޑު ހަމަ ރަނގަޅު. ރައީސް ޔާމީންގެ ނަޒަރުގައި އަޅުގަނޑު އޭރު ހުރީ ކިޔަވައިގެން. މިއަދު ނުކިޔަވާ. މީގެ ކުރިން ޢަބްދުއްރަޙީމަކީވެސް ކިޔަވައިގެން ހުރި ބޭފުޅެއް. ނަމަވެސް މިއަދު ޢަބްދުއްރަޙީމްވެސް ވެއްޖެ ނުކިޔަވާ ހުރި މީހަކަށް. މި ވާގޮތެއް އެބަ ޖެހޭ ބަލަން - ފަލާޙު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާޙު ވިދާޅުވީ، ރައީސް ޑރ މުޢިއްޒަކީ މި ޤައުމުގައި ދެ ދަޢުރު ވެރިކަން ކުރައްވާނެ ވެރިއެއް ކަމަށާއި، ﷲގެ ރަޙްމަތްފުޅުން އެކަން ފުރިހަމަވާނެ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް