ސިޓީގެ ތަރި ހާލަންޑް ގޯލު ސެލެބްރޭޝަންގެ ތެރެއިން
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާރސެލޯނާއާއި ރިއަލް މެޑްރިޑް ކުޅުނު މެޗުގައި ދެ ޓީމުގައި ގިނައިން ފެނިގެން ދިޔައީ ޒުވާން ގިނަ ކުޅުންތެރިން ތަކެކެވެ. ބާރސެލޯނާ އަދި ރިއަލް މެޑްރިޑް ކުޅުނު މެޗު ނިމިގެންދިޔައީ 1-2 ގެ ނަތީޖާއަކުން ބާރސެލޯނާއިން ކުރި ހޯދައިގެނެވެ. ރިއަލް މެޑްރިޑްގެ ގޯލު ކާމިޔާބުކޮށް ދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި ނިކޯ ޕަޒް އެވެ. ބާރސެލޯނާއަށް މެޗުގައި ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ޕައު ވިކްޓަރ އެވެ.
ޕައު ވިކްޓަރ ވަނީ މެންޗެސްޓަރ ސިޓީ އާއިއެކު ކުޅެވުނު އެކުވެރި ކަމުގެ މެޗުގައިވެސް ގޯލު ކާމިޔާބުކޮށްދީ ކޯޗު އަދި ސަޕޯޓަރުންގެ ސަމާލުކަން ހޯދައިފައެވެ.
ހާލަންޑްގެ ހެޓްރިކާއިއެކު 2-4 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ޗެލްސީ ބަލިކޮށްފިއެވެ. ހާލަންޑް އިތުރުން ސިޓީއަށް ގޯލު ކާމިޔާބުކޮށް ދީފައިވަނީ އޮސްކާ ބޮބްއެވެ. ޗެލްސީގެ ގޯލުތައް ކާމިޔާބުކޮށް ދީފައިވަނީ ސްޓާރލިން އަދި މަޑުއޭކޭއެވެ.
ލިވަރޕޫލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލު ކުރި މެޗު 0-3 ގެ ނަތީޖާއަކުން ފަސޭހަކަމާއިއެކު ލިވަރޕޫލް ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި ލިވަރޕޫލްގެ ގޯލުތައް ކާމިޔާބުކޮށްދީފައިވަނީ ފަބިއޯ ކަރވާލިއޯ، ކާރޓިސް ޖޯންސް އަދި ސިމިކަސްއެވެ. ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗުތަކުން ލިވަރޕޫލް އިން ވަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލިވަރޕޫލް އިން ވަނީ އާރސެނަލް އަދި ރިއަލް ބެޓިސް އާއި ދެކޮޅަށް އެކުވެރި ކަމުގެ މެޗުތައްވެސް ކާމިޔާބުކޮށްފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް