ޕީއެންސީގެ ވަފުދެއް ‏ރަސްމީ ދަތުރެއްގައި ޕާކިސްތާނަށް

ޕާކިސްތާނަށް ދިޔަ ޕީއެންސީގެ ވަފުދުގެ ބޭފުޅުން: ފޮޓޯ/ ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދެއް މިއަދު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

މި ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. އެމަނިކުފާނުގެ އިތުރަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިބްރާހީމް ޝުޖާއު ވެސް މިވަފުދުގައި ވަޑައިގަންނަވަ އެވެ.

ޕީއެންސީން ބުނީ މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް އެބޭފުޅުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެގޮތުން މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލު ކުރައްވައި ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ޕާކިސްތާނަށް ވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy