20 ބިލިއަން ޑޮލަރުގެ މަޝްރޫއު: މުޅި އިގުތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް!

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު: ފޮޓޯ/ މަޖިލިސް

ރަސްމާލޭގައި އަބޫދާބީގެ މަޝްހޫރު ޑިވެލޮޕާ "އީގަލް ހިލްސް" އިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއަކީ މުޅި ރާއްޖޭގެ އިގުތިސާދަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނެ ތާރީހީ އިންވެސްޓްމަންޓެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖޭގެ މިހާރުގެ ޖީޑީޕީއަކީ 7.7 ބިލިއަން ޑޮލަރު ކަމަށްވާއިރު، ރަސްމާލޭގެ މި އެކަނި މަޝްރޫއަކީވެސް ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 3 ގުނަ އާއި އެއްވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. މިއީ ރާއްޖެއާމެދު ބޭރުގެ ދުނިޔެއިން ދެކޭގޮތް މުޅިން ބަދަލުކޮށްލާނެ ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ މިއީ އާދައިގެ ބަޔަކާއެކު ކުރިއަށްގެންދާ މަޝްރޫއެއް ނޫންކަމަށާއި އީގަލް ހިލްސްއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ "ބުރުޖް ހަލީފާ" އާއި "ޑުބާއީ މޯލް" ތަރައްގީ ކުރި މަޝްހޫރު އިމާރް ކުންފުނީގެ ފައުންޑާގެ ކުންފުންޏެއް ކަމަށެވެ.

މިގޮތުން އީގަލް ހިލްސްއިން މިހާރުވެސް ދުނިޔޭގެ 18 އަށްވުރެ ގިނަ ގައުމުގައި 45 މަޝްރޫޢު ހިންގަމުންދާއިރު، މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ ގާބިލުކަން ހުރި ފަރާތެއްކަން ސާބިތުވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއުގެ ފީސިބިލިޓީ ދިރާސާކުރުމުގެ ތެރެއިން ސަރުކާރުގެ ޓީމަކުން ވަނީ އީގަލް ހިލްސްއިން މިސްރުގެ އެލެކްޒެންޑްރިއާގައި ތަރައްގީކޮށްފައިވާ "މަރާސީ" އިންޓަގްރޭޓެޑް ސިޓީއަށް ޒިޔާރަތްކޮށްފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެތަނުގައި ޔޮޓް މެރީނާއަކާއި، 3 ހޮޓަލާއި، ސްމާޓް ސިޓީއެއްގެ ގޮތުގައި 3 ރޭންޖެއްގެ ޕްރޮޕަޓީސް ހިމެނޭ 3 ޓައުން ހަދާފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެ ތަޖުރިބާއާއެކު ރަސްމާލެއިން ލިބިގެންދާނެ އިގުތިސާދީ ފައިދާ ވަރަށް ސާފުކޮށް ތަސައްވުރު ކުރެވިގެންދިޔަ ކަމަށެވެ.

އަދި އެލެކްޒެންޑްރިއާގެ ގިނަ ޕްރޮޕަޓީތައް ހިންގަން ދިވެހިން ތިބިކަމީ ދިވެހިންގެ މަސައްކަތަށް އެ ކުންފުނިން ކުރާ އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ ހަމައެކަނި ވަކި މަޝްރޫއެއްގެ ގޮތުގައި ހިންގާ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް އަންނާނެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، އެހެން އިންވެސްޓަރުން ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ތެރެއިން ދިވެހި ކުންފުނިތަކަށާއި އެކިއެކި ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy