އާރު ޓީ އެލް ފެރީ ލޯންޗު
ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި އާރްޓީއެލް ގުޅިގެން، މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްތަކާ އެއްގޮތަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެމުން، މޯލްޑިވިއަންގެ ފަރާތުން ހާމަކުރި ގޮތުގައި، މާލެއިން ކޫއްޑޫއަށް ކޮންމެ ދުވަހަކު ހެނދުނު ދަތުރުކުރާ ޝެޑިއުލްޑް ފްލައިޓާ ދިމާކޮށް، ކޫއްޑޫއަށް އާރްޓީއެލް ފެރީ ޚިދުމަތް ލިބެން ހުންނާނެއެވެ. މީގެއިތުރުން، މޯލްޑިވިއަންއިން އިތުރަށް ފާހަގަކުރި ގޮތުގައި، މިއީ މި މަޝްރޫޢުގެ ފެށުމެއް ކަމަށާއި، މޯލްޑިވިއަންގެ ޝެޑިއުލްޑް ދަތުރުތައް ހަމަޖެހިފައިވާ ހުރިހާ އެއަރޕޯޓަކަށްވެސް މި ޚިދުމަތް ފުޅާކުރުމަށްޓަކައި، އާރްޓީއެލްއާ ގުޅިގެން މަސައްކަތްތަކެއް ކުރިއަށްދާ ކަމުގައި ބުންޏެވެ.
މޯލްޑިވިއަން އެއަރލައިންސްގެ Q2260 ފްލައިޓް މިހާރު ކޮންމެ ދުވަހަކު ކޫއްޑޫއަށް ދަތުރުކުރެއެވެ. މި ފްލައިޓް ކޫއްޑޫގައި ޖައްސަނީ ހެނދުނު 8:55 ގައެވެ. މި ފްލައިޓާ ގުޅުވައިގެން، ގއ. ކޫއްޑޫއިން ގއ. ވިލިނގިއްޔަށް ދަތުރުކުރާ އާރްޓީއެލް ފެރީ ޚިދުމަތް މިހާރު ހަމަޖެހިފައިވެއެވެ. މި ފެރީ ފުރާ ގަޑިއަކީ 9:30 އެވެ.
އެއަރޕޯޓުތައް ހިމެނޭ ބައެއް ސަރަޙައްދުތަކަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު، އަނެއްބައި ސަރަޙައްދުތަކުގައި ފްލައިޓް ގަޑިތަކާއި ފެރީ ޝެޑިއުލްތައް ނުގުޅޭކަން އާންމުން ފާހަގަކުރެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ ނިޒާމަކީ މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ އެއް ނިޒާމެއްގެ ދަށުން ގުޅުވާލުމަށް ކުރެވެމުންދާ މަސައްކަތެކެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް