ކަރަންޓް ބިލްތައް ބޮޑުވި ގެތަކުގެ އޮޑިޓެއް ހަދަނީ

ސްޓެލްކޯގެ އެމްޑީ ފަޙުމީ

މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ތެރެއިން މިދިޔަ މަހުގެ ކަރަންޓު ބިލް ބޮޑުވި ގެތަކުގެ އޮޑިޓެއް ހެދުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިދިޔަ މަހު މާލޭގެ %6 ކަރަންޓް ބިލުތަކުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މާލޭގެ އިތުރުން ހުޅުމާލޭގެ ވެސް %15 ބިލުތައް ބޮޑު ކަމަށާއި، މި ކަން ބެލުމަށް ސްޓެލްކޯގެ ޓީމެއް އެ އެޕާޓްމެންޓުތަކަށް ފޮނުވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ގަސްދުކުރީ އަޅުގަނޑުމެންގެ ޓީމެއް ފޮނުވައިގެން މި އެޕާޓްމަންޓުތަކުން އަޅުގަނޑުމެން ސްޓެޓިސްޓިކަލީ ފުރަތަމަ ބަލާނަން، ކޮން ތަންތަނަކަށްތޯ ވިޒިޓް ކުރާނީ. ބިލު ބޮޑުވާ މި ދެންނެވި 15 ޕަސަންޓު އަދި މާލޭގެ ހަ ޕަސަންޓު ގޭބިސީތަކަށް އަޅުގަނޑުމެން ވިޒިޓްކުރަން މި ގަސްދުކުރީ. އެ އެޕާޓްމަންޓުތަކަށް ވިޒިޓްކޮށްފައި އަޅުގަނޑުމެން އެނާޖީ އޮޑިޓެއް ކުރަން މި ނިންމީ،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ކަރަންޓު ބިލް ބޮޑުވަމުންދާތީ އެ ގެތަކަށް ސްޓެލްކޯގެ ޓެކްނީޝަނުން ގޮސް ހަކަތައިގެ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ގެތަކަށް ގޮސް އެ ތަންތަނުގައި ބޭނުންކުރާ އާލާތްތަކާއި ޖުމްލަ އެޕާޓްމެންޓްގެ އިންސިއުލޭޝަން ހުރީ ކިހިނެއްތޯ ބަލައި އެ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާ ކުރެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތަށް ކަންތައް ކުރުމުން އެ ފަރާތްތަކަށްވެސް ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް އޮތްތޯ ބަލައި، އެ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ ކަމަށް ސްޓެލްކޯ އިން ފާހަގަކުރެއެވެ.

އަދި ބިލުތައް އިންތިހާއަށް ބޮޑުވާ ސަބަބު ދެނެގަނެވެން ޖެހޭ ކަމަށާއި އެ ސަބަބުތައް ސްޓޭލްކޯއާއި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ވެސް އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ފަހުމީ ވިދާޅުވީ ޖުމްލަކޮށް އެހެން މަސްތަކާ އަޅާ ބަލާއިރު، މި މަހު ކަރަންޓު ބިލާ ގުޅޭ ގޮތުން ލިބުނު ޝަކުވާގެ އަދަދު ވެސް މަދު ކަމަށެވެ. އަދި މިދިޔަ ޖޫން މަހާ އަޅާބަލާއިރު މިދިޔަ މަހު %94 ކަރަންޓު ބިލްތައް ވަނީ ކުޑަވެފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

28 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy