މަތިވެރި ވޮލީ ލީގު‏‎:‎‏ ގަދަ ހިތްވަރާއެކު ‏އާރުބީޖީ އަދި ތޮއްޑޫ،‏ އަންހެން ޑިވިޝަންގެ ފައިނަލަށް

އަންހެން ޑިވިޝަންގެ ފައިނަލަށް ‏އާރުބީޖީ އަދި ތޮއްޑޫ‏ ދަތުރުކުރުން --

މަތިވެރި ވޮލީ ލީގުގެ އަންހެން ޑިވިޝަންގެ ފައިނަލަށް އއ. ބޮޑު ފޮޅުދޫ ގެ އާރުބީޖީ ސްޕޯޓްސް ކުލަބާއި، އއ. ތޮއްޑޫއިން ބައިވެރިވި ތޮއްޑޫ ސްޕޯޓްސް ކުލަބު ދަތުރުކޮށްފި އެވެ.

އަންހެން ފައިނަލް މެޗް އޮންނާނީ މާދަމާ ރޭ 8:30 ގައި މަތިވެރި ވޮލީ ކޯޓުގަ އެވެ. އަދި ފިރިހެން ފައިނަލް މެޗް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

އެ ދެ ޓީމު ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

އެގޮތުން ފުރަތަމަ ސެމީގެ މެޗުގައި މަތިވެރީގެ މަތިވެރި ވޮލީ ޓީމާ ދެކޮޅަށް ކުޅެ، އާރުބީޖީ ސްޕޯޓްސް ކުލަބު ވަނީ ކާމިޔާބު ހޯދައި ފައިނަލަށް ގޮސްފަ އެވެ.

އެ މެޗު އާރުބީޖީން ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ.

ދެވަނަ ސެމީގެ މެޗު ތޮއްޑޫއިން ކާމިޔާބުކުރީ ބޮޑުފުޅަދޫ އަށް ނިސްބަތްވާ ޔަންގް ޕްލެޔާސް ސްޕޯޓްސް ކުލަބު ބަލިކޮށެވެ. އެ މެޗު އެ ޓީމު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ.

ތޮއްޑޫއާއި އާރުބީޖީ ބައްދަލުކުރާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

މަތިވެރި ވޮލީ ލީގަކީ 2024 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެވެ. މި މުބާރާތް ބާއްވަމުން އަންނަނީ މާންސް ޖަމުއްޔާއާއި އަންބަރު ގްރޫޕް ގުޅިގެންނެވެ.

މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އއ. އަތޮޅުގައި ވޮލީބޯޅަ ދިރުވައި އާލާކޮށް، ވޮލީ ކުޅޭ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުން ކަމަށެވެ.

މީގެ އިތުރުން އަތޮޅު ފެންވަރުގައި ވާދަކުރާނެ ކުޅުންތެރިންތަކެއް އުފެއްދުމާ އެކު އަތޮޅުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް އެކުވެރި މުޖުތަމައެއް ބުނާކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދެއް ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފައިވެ އެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy