މަތިވެރި ވޮލީ ލީގު‏‎:‎‏ އަންހެން ޑިވިޝަންގެ ސެމީއަށް މަތިވެރި އާއި، ޔަންގް ޕްލެޔާސް

މަތިވެރި ވޮލީ ލީގު‏‎:‎‏ އަންހެން ޑިވިޝަންގެ ސެމީ އަށް މަތިވެރި އާއި، ޔަންގް ޕްލެޔާސް --

މަތިވެރި ވޮލީ ލީގުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލަށް މަތިވެރި ވޮލީ ޓީމާއި، ޔަންގް ޕްލެޔާސް ދަތުރުކޮށްފި އެވެ.

އއ. މަތިވެރީގައި ކުރިއަށްދާ މަތިވެރި ވޮލީ ލީގުގެ އަންހެން ޑިވިޝަން ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އޭގެ މެޗުތައް މިހާރު ވަނީ ނިމިފަ އެވެ.

އެ ގުރޫޕްގައި ހިމެނެނީ މަތިވެރީގެ މަތިވެރި ވޮލީ ޓީމާއި، އއ. ރަސްދޫގެ ރަސްދޫ ސްޕޯޓްސް ކުލަބުގެ އިތުރުން އއ. ބޮޑުފުޅަދޫއަށް ނިސްބަތްވާ ޔަންގް ޕްލެޔާސް ސްޕޯޓްސް ކުލަބެވެ.

އެ ގުރޫޕްގެ ކުޅުން ނިމިފައިވާއިރު، ގުރޫޕުން އެއްވަނަ މަތިވެރިއަށް ލިބެނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް 4 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޔަންގް ޕްލެޔާސްއަށް ދެ މެޗު ކުޅެގެން އެއް މެޗު ކާމިޔާބު ކޮށްގެން ލިބުނީ 3 ޕޮއިންޓެވެ. އެ ގުރޫޕުގެ ފުލުގައި އޮތް ރަސްދޫ ވެސް އެއް މެޗުން މޮޅުވެފައިވާއިރު އެ ޓީމު ވެސް ވަނީ އެއް މެޗުން މޮޅުވެފަ އެވެ. ނަމަވެސް އެ ޓީމު ފުލުގައި އޮތީ 2 ޕޮއިންޓު ލިބިގެންނެވެ.

އެ މުބާރާތުގެ އަންހެން ސެމީއަށް ދާނެ އަނެއް ދެ ޓީމު ޔަގީން ވާނީ ގުރޫޕް ބީގެ މެޗުތައް ނިމުމުންނެވެ. އެ ގުރޫޕުގައި ހިމެނެނީ މަތިވެރީގެ ގްލޮރިއާ އާއި، އ. ތޮއްޑޫއިން ބައިވެރިވި ތޮއްޑޫ ސްޕޯޓްސް ކުލަބުގެ އިތުރުން އއ. ފުޅަދޫގެ އާރުބީޖީ ސްޕޯޓްސް ކުލަބެވެ.

މިއަދު ހަވީރު އެ ގުރޫޕްގެ ފަހު މެޗުގައި. ނިކުންނާނީ ތޮއްޑޫއާއި ގްލޮރިއާ އެވެ. މިހާރު އެ ގުރޫޕް އެތުރިފައިވާގޮތުން އެ ގުރޫޕުގެ އެއްވަނައިގައި ތޮއްޑޫ އޮތީ އެއް މެޗު ކުޅެ ތިން ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް އާރުބީޖީ ދެ މެޗު ކުޅެފައިވާއިރު އެ ޓީމަށް ވެސް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. ފުލުގައި އޮތް ގްލޮރިއާ އެއް މެޗު ކުޅެފައިވާއިރު، އެ ޓީމަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މަތިވެރި ވޮލީ ލީގަކީ 2024 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެވެ. މި މުބާރާތް ބާއްވަމުން އަންނަނީ މާންސް ޖަމުއްޔާއާއި އަންބަރު ގްރޫޕް ގުޅިގެންނެވެ.

މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އއ. އަތޮޅުގައި ވޮލީބޯޅަ ދިރުވައި އާލާކޮށް، ވޮލީ ކުޅޭ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުން ކަމަށެވެ.

މީގެ އިތުރުން އަތޮޅު ފެންވަރުގައި ވާދަކުރާނެ ކުޅުންތެރިންތަކެއް އުފެއްދުމާ އެކު އަތޮޅުގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް އެކުވެރި މުޖުތަމައެއް ބުނާކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދެއް ކަމަށް ފަރާތް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy