ފެނަކައިން އައިސްޕްލާންޓްތައް ބަންދުކޮށްފި

ފެނަކައިގެ އައިސްޕްލާންޓްތަށް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އައިސްޕްލާންޓްތައް ބަންދުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އައިސްޕްލާންޓްތައް ހިންގުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީއެވެ.

އިއްޔެ ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، އައިސްޕްލާންޓްތައް ހިންގުމުގެ ސަބަބުން ކުންފުންޏަށް އަހަރަކު 12 މިލިއަން ރުފިޔާގެ ގެއްލުން ވަމުންދާ ކަމަށެވެ. އަދި މި އައިސްޕްލާންޓްތަކަކީ ކުރީގެ ސަރުކާރުން ފަށާފައިވާ، ފެނަކައިގެ މެންޑޭޓުން ބޭރުގެ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމާ، ގެއްލުންވާ ހުރިހާ ކަމެއް ހުއްޓާލަން އަޅުގަނޑުމެން ނިންމީ. އެގޮތުން އައިސްޕްލާންޓްތަކުގެ ހިންގުން ހުއްޓާލާފައި ވާނީ،" މުޢާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ލ. އަތޮޅުގައި އައިސްޕްލާންޓެއް ހުއްޓައި ފެނަކައިން އަނެއްކާވެސް އައިސްޕްލާންޓެއް ހުޅުވާފައިވާކަން މުޢާޒު ފާހަގަކުރެއްވިއެވެ. މިއީ އެއްވެސް މާނައެއް އޮތް ކަމެއް ނޫންކަމަށާއި، މި މައްސަލަ މިހާރު ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނިންމުމުގެ ސަބަބުން، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އައިސްޕްލާންޓްތަކުގެ ޚިދުމަތް ހުއްޓާލެވި، އެ ރަށްރަށުގެ މަސްވެރިންނަށާއި އެހެނިހެން ފަރާތްތަކަށް އައިސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބެލެވެއެވެ. ނަމަވެސް، ފެނަކައިގެ މާލީ ހާލަތު ރަނގަޅުކުރުމަށް މި ފިޔަވަޅު އަޅަންޖެހުނު ކަމަށް ކުންފުނިން ބުނެފައިވެއެވެ.

މުޢާޒު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ އޭޕްރީލް މަހު ފެނަކައިން ރާއްޖޭގެ 5 ރަށެއްގައި އައިސްޕްލާންޓް ތަރައްޤީކުރުމުގެ ޒިންމާ ނަގާފައިވެއެވެ. މި ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫ ހިމެނެއެވެ.

އައިސްޕްލާންޓްތަކުގެ އިތުރުން، ކުރީގެ ސަރުކާރުން ފެނަކަ މެދުވެރިކޮށް އޭޓީއެމް މަޝްރޫޢެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް މުޢާޒު ހާމަކުރެއްވިއެވެ. އަދި މިއީވެސް ކުންފުނީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރުގެ ސަރުކާރުން ކުންފުނީގެ ހިންގުން ހަވާލުވިއިރު ކުންފުނިން 4 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތްކަމަށް މުޢާޒު ވިދާޅުވިއެވެ. އެހެންކަމުން، ކުންފުންޏަށް ގެއްލުންވާ ހުރިހާ މަޝްރޫޢުތަކެއް ހުއްޓާލުމަށް ކުންފުނިން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފިޔަވަޅު އެޅުމުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުންފުނިން ފައިދާ ލިބިފައިވާކަމަށް މުޢާޒު ހާމަކުރެއްވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy