--
"އެ ރެއަކީ އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ދާނެ ރެ އެއް ނޫން،"
މިއީ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ އާ ފިލްމު "ސާޔާ" ގެ އޮފިޝަލް ޓްރެއިލާ ގައި ފުރަތަމަ އިވިގެންދާ ވާހަކަ އެވެ. މި މަހުގެ ހަތް ވަނަ ދުވަހު ސްކްރީން ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ އޮފިޝަލް ޓްރެއިލާ މިހާރު ވަނީ އާއްމުންނާ ހަމައަށް ރިލީޒްކޮށްފައެވެ.
“ސާޔާ އަކީ ކާކުގެ ހައްގެއް ހެއްޔެވެ. ފިލްމުގެ އެއް ބަތަލު ބުނަނީ އޭނާ "އަބަދުވެސް ހުންނާނީ ސާޔާގެ މީހެއްގެ ގޮތު"ގަ އެވެ. އެ ދެމެދަށް އެހެން މީހަކަށް ނުވަދެވޭނެ އެވެ. އަނެއް ބަތަލްއާ ވެސް ސާޔާއާ އޮންނަނީ ވަރުގަދަ ގުޅުމެކެވެ. އޭނާ ބުނާ ގޮތުން ހުރިހާ ހަގީގަތެއް އެނގޭނީ ސާޔާ އަށެވެ. އޭނާ ދައްކާ ކޮންމެ ވާހަކައެެއް ދައްކަނީ ހަގީގަތަށް އަސްލަށެވެ.” - މިއީ ބެލުންތެރިން އިންތިޒާރު ކުރަން ޖެހޭ އެއް ވާހަކައެވެ.
މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ "ސާޔާ" ގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ހިމެނެ އެވެ.
އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހޯދާފައިވާ ޔޫއްޕެ އަކީ ކުރިން ވެސް ކާމިޔާބު ބިރުވެރި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރަކަށްވާތީ "ސާޔާ" އާ މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. އޭނަ ކުރިން ގެނެސްދިން ބިރުވެރި ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ކަޅަކި" ގެ އިތުރުން "ދައުވަތު" އާއި "އެ ދަތުރު" ހިމެނެ އެވެ.
މިއީ ހެއްވާ މަޖާ ރީތި ފިލްމުތަކެއް ދިވެހި ސްކްރީނަށް ގެނެސް ދީފައިވާ ޝަފީގު، އެ ނޫން ޖޯންރާއެއްގެ ފިލްމެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ.
މި ފިލްމަކީ ލޯތްބާއި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ އިހުސާސްތަކުން ބެލުންތެރީން ވަރަށް ބޮޑަށް ޝައުގުވެރި ކުރުވާނެ ފިލްމަކަށް ވާނެ އެވެ.
މީގެ އިތުރުން މިހާރު އެމްއެސްޓީވީއިން ދައްކަމުންދާ “އެރެއަށްފަހު” ޑްރާމާ ސީރީޒްގެ ޑައިރެކްޓަރަކީވެސް ޔޫއްޕެއެވެ.
ފިލްމުގެ ސްކްރީންޕްލޭ ލިޔެ އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ވެސް ޔޫއްޕެ އެވެ. ކެމެރާކުރީ ޝިމާޒް އަބްދުﷲ (މާސްކޭ) އެވެ. އަދި ފިލްމުގެ ޑިޒައިނިންގެ އެންޑް އެނިމޭޝަން އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ ހުސައިން ސިނާން އެވެ. ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފު އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޝައި ޕްރޮޑަކްޝަން ހައުސް އިންނެވެ.
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ކޮމެންޓް