-
ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލަަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ ސިޔާސީ ބިއުރޯގެ ޗީފް އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަކޮށްލި މައްސަލަ ރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނު ދަމަހައްޓައި، ޣައްޒާގެ ދަތިކަމަށް އަވަސް އަދި ދެމިއޮންނަ ހައްލެއް ހޯދައި، މި ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުން ކަށަވަރުކުރުމަށް ހުރިހާ ޤައުމުތަކަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލީ ޔަހޫދީން އީރާނުގެ ވެރިރަށް ތެހެރާންގައި ދިން ހަމަލާއެއްގައެވެ.
މިހަމަލާއާއި ގުޅިގެން ހަމާސްއިން ވިދާޅުވީ ހަނިއްޔާއަށް އަމާޒުކޮށްގެން ދިން މި ހަަމަލާއަކީ އިސްރާއީލުގެ ނިރުބަވެރިން ހިންގި ވަރަށް "ފިނޑި" އަމަލެއް ކަމަށެވެ. ހަމައެއާއެކު އެކަމުގެ ބަދަލު ލުއިކޮށް ކޮށް ނުނަގާނެ ކަމަށާއި، އެކަމުގައި ހިމެނޭ ޔަހޫދީންނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ މި ހަމަލާ ކޮށްވެރިކޮށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މި ހަމަލާގެ ތަހުގީގު އީރާނުން ފަށާފައިވާއިރު، މިކަމާއި ގުޅޭ މާބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް