ވިނަރެސް އެކްސިޑެންޓް: އެންމެފަހުގެ އަޕްޑޭޓް

އެކްސިޑެންޓް ހިނގި ސަރަޙައްދާ ކައިރީގައި ހުރި ކާރާއި އަދި ގިނަ އަދަދެއްގެ ބައިސްކަލްތަކަށް ގެއްލުން ވެފައިވެ

ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓް ކައިރީގައި ބުދަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ފިލައިގެން އުޅުނު މީހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި ކޮންޓްރޯލް ގެއްލިފައިވާ ކާރެއް  ސައިކަލަކާ ޖެހި،  އެކަކަށް ވަނީ އަނިޔާވެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، 25 އަހަރުގެ ކާރު ޑްރައިވަރު ކޯޓު އަމުރަކާއެކުވަނީ ހައްޔަރުކޮށްފައިއެވެ. އަދި ކާރުގައި ތިބި އިތުރު ދެ މީހުންވެސް ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން އެކަކަކީ 33 އަހަރުގެ މީހެކެވެ.

ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި، ކާރު މަގަށް އެނބުރުނުއިރު ކޮންޓްރޯލް ގެއްލި، މަގު ދެބައިކުރާ ފަސްގަނޑުގައި ޖެހި، މަގުގެ އެއްފަރާތުގައި ފޯނު ނެގުމަށް ހުއްޓާފައި ހުރި  ސައިކަލުގައި ޖެހިފައިވެއެވެ. އަދި ކާރު  ވަނީމަގުގެ އެއްފަރާތުގައި ހުރި ގަހެއްގައިޖެހި ޕޭވްމަންޓްގައި ހުއްޓިފައިވެއެވެ.

އަނިޔާ ލިބުނު 27 އަހަރުގެ ދިވެހި ފިރިހެނާގެ ޙާލަތު މިހާރު ރަނގަޅުވަމުންދާކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ. އޭނާގެ މޫނުގެ ބައެއް ކަށިތައް ބިންދައިގެންގޮސްފައިވީނަމަވެސް، އެހެން ގޮތްގޮތުން ޙާލަތު ރަނގަޅުކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވެއެވެ.

އަނިޔާ ލިބުނު މީހާއަށް ފުރަތަމަ ފަރުވާދީފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިމަޖެންސީ ވޯޑުގައެވެ. އަދި މިހާރު ވަނީ ޖެނެރަލް ވޯޑަށް ބަދަލުކޮށްފައެވެ. އޭނާގެ އާއިލާގެ މެންބަރަކު ބުނެފައިވާ ގޮތުގައި، އަނިޔާގެ މިންވަރު ސާފުކޮށް އެނގޭނީ،  ސީޓީ ސްކޭނެއް ހެދުމަށްފަހުކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ތަޙުޤީޤު ކުރިއަށް ގެންދާއިރު، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެކަމަށް ބުނެފައިވެއެވެ.

            

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy