މަގޭ ބިޓުގެ ވެޑިންގެ ޓްރެއިލާ އާންމުކޮށްފި، ހެއްވާލާނެ ފިލްމަކަށްވާނެކަން ޔަގީން

މަގޭ ބިޓުގެ ވެޑިންގެ މަންޒަރެއް ---

މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުގެ އައު ފިލްމު “މަގޭ ބިޓުގެ ވެޑިން”ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.

އިއްޔެ ޑާކްރެއިންގެ ސޮޝަލްމީޑިއާ ޕްލެތްފޯމުތަކުގައި އާންމުކުރި އެ ޓްރެއިލާއިން އެ ފިލްމަކީ ބެލުންތެރިންގެ މުނުމައްޗަށް ހިނިތުންވުން ގެނުވާނެ ފިލްމެއްކަން ޔަގީނުން ވެސް ދައްކުވައިދެއެވެ.

ފިލްމުގައި ހިމެނޭ ތަރިންގެ މޮޅު އަދި ތަފާތު ހުނަރުތަކެއް ވަނީ މި ޓްރެއިލަރުން ދައްކުވައިދީފައެވެ. ކޮމެޑީ އަދި ރޮމޭންޓިކް ރަހަތަކެއް އެކުލެވޭ މި ފިލްމަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެ ފިލްމެއް ކަމަށް ބެލެވެއެވެ.

އެ ފިލްމު އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުގައެވެ.

އެ ފިލްމުގެ ޓިކެޓު މިހާރު ވަނީ ވިއްކަން ފަށައިފައެވެ. ޑާކްރެއިންއިން ބުނެފައިވަނީ އެ ފިލްމުގެ ޓިކެޓު އޮލިމްޕަސްގެ ކައުންޓަރުން ލިބެން ހުންނާނެކަމަށެވެ. މީގެ އިތުރުން އެ ޕްރޮޑަކްޝަން ހައުސްއިން ބުނީ ޓިކެޓު ނެގުމަށް 9911229 އަށް ވައިބާއިން މެސެޖެއް ކުރުމުންވެސް ޓިކެޓު ލިބޭނެކަމަށެވެ.

މަގޭ ބީޓުގެ ވެޑިން އަކީ ޑާކްރެއިން އެންޓަޓެެއިންމެންޓާ ޓްރޮޕިކަލް ރެއިން އެންޓަޓައިންމަންޓާ ގުޅިގެން އުފައްދާ ފިލްމެކެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ މަޝްހޫރު ޕްރޮޑިއުސާ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުއެވެ.

“މަގޭ ބިޓުގެ ވެޑިން” އިޝްތިހާރު ކުރަމުންދަނީ މިހާތަނަށް ފެންނާނެ އެންމެ “ހަލަބޮލި” ނުވަތަ އެންމެ “ކެއޯޓިކް” ލޯބީގެ މުނިފޫހިފިލުވުމުގެ ގޮތުގައެވެ.

ޑަކްރެއިން އެންޓަޓެއިން،މަންޓުން އާންމުކުރި ޕޯސްޓަރުން ފެންނަގޮތުގައި އެ ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނޭނީ މިހާރު ވިދަމުންއަންނަ ތަރި ޝަރަފް އަބްދުﷲގެ އިތުރުން ފާތިމަތު ރާޔާ އަބްދުﷲއެވެ.

އެ ޕޯސްޓަރުން ފެންނަ އިތުރު ތަރިންގެ ތެރޭގައި ހިމެނެނީ މަގުބޫލު ކޮމެޑިއަން ޝާފިއު އިބްރާހީމް (ފުބޫ)، ތަޖުރިބާކާރު ބަތަލާ ޝީލާ ނަޖީބް، އަދި އަހުމަދު ސައީދުއެވެ.

ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ސިނަމަޓޯގްރަފީ ތައްޔާރުކުރަނީ އަހުމަދު ޒިފާފެވެ. ފިލްމުގެ އެޑިޓިން މަސައްކަތް އަލީ ޝިފާއު (ޗިއްޕެ) ކުރާއިރު، ޕްރޮޑިއުސަރުންގެ ގޮތުގައި އައިޝަތު ފުއާދު، މުހައްމަދު އަލީ އަދި ކައިލީން މުހައްމަދު އަލީ ހަރަކާތްތެރިވެއެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy