މިނިސްޓަރ އާދަމް ޝަރީފް
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެއްވެސް ޕާޓީއެއް މިހާރު ނެތް ކަމަށް މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރނަންސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ޕީއެންސީ ހަރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“މިއަދުވެސް އަޅުގަނޑުމެން މި ޖެހެނީ އިދިކޮޅު ޕާޓީން ކުރަން ޖެހޭ ކަންކަން ކުރަން. އަޅުގަނޑުމެން ވެރިކަމުގައި ތިއްބަސް ރަނގަޅު އޮޕިޒިޝަނެއް އޮންނަން ޖެހޭ - އާދަމް ޝަރީފް
ކޮންގްރެސް ޕާޓީ އަކީ މި ޤައުމުގައި އޮތް އެންމެ ބޮޑު ޕާޓީއަށްވާނެ ކަމަށާއި، ފުއްޕާހަމަކަށް ފެންއެޅީމަ ބޮޑުވާ އުޞޫލުން ޕާޓީ ބޮޑުވަމުން އަންނަ ކަމަށެވެ.
“އަޅުގަނޑުމެން މި ތިބީ ވަރަށް ބަދަހިކޮށް. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނަން - އާދަމް ޝަރީފް
ރައީސް ޑރ މުޙައްމަދު މުޢިއްޒުއާ ދިވެހި ރައްޔިތުން ވެރިކަން ހަވާލު ކުރީ ވަރަށް އުއްމީދާ އެކު ކަމަށާއި، ކޮންގްރެސް ޕާޓީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ކޮންމެ މީހެއްގެ އުއްމީދުގައި ކުލަ ޖެހޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
" އަދި މިވެރިކަމަށް މިވީ 8 މަސް. ނުވަމަހެއް ނުވޭ . އެހެންވީމަ ކަންބޮޑުވާ ވަރެއް އަދި ނުވޭ. އަޅުގަނޑުމެންނަށްވެސް އެނގޭ ކުދި ކުދި ކަންބޮޑުވުންތައް އެބަ ހުރިކަން. ވަޒީފާތައް ހަމަޖައްސަން ޖެހޭ ފަރާތްތައް އެބަ ތިބިކަން. މި ސަރުކާރަށް އަދި ދެއްވާ ވަގުތުކޮޅެއް. ތިޔަ ރައްޔިތުންގެ އުއްމީދުގައި ކުލަ ޖެހޭނެ - އާދަމް ޝަރީފް ވިދާޅުވިއެވެ.
އިތުރަށް އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުޢިއްޒަކީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރައްވާނެ ބޭފުޅެއް ކަމަށާއި، ރައްޔިތުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނުކުރައްވާނެ ކަމަށެވެ.
“ބްރިޖުން ޓޯލް އެއް ނަގާ ކަހަލަ ވާހަކައެއް މިނިސްޓަރަކު ދެންނެވީމަ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުރި. އޭގެ އަނެއް ދުވަހު ރައީސް ޑރ މުޢިއްޒު ވިދާޅުވި އެކަން ކުރަން ވިސްނަވާ ގޮތް - މިނިސްޓަރ ވިދާޅުވިއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް