--
މި ޤައުމުގައި ދިރިއުޅޭ އެންމެން ރުއްސައިގެން މި ޤައުމު ނުހިންގޭނެ ކަމަށާއި، މީސްމިޑިޔާގައި ދައްކާހާ ވާހަކައަކަށް ރައްދު ދޭން ވެއްޖެނަމަ އިތުރު އެއްވެސް ކަމެއް ކުރަން ވަގުތެއް ނޯންނާނެ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެބަ ބުނޭ އެއިޑްސް އަކީ ފަރުވާއެއް ނެތް ބައްޔެކޭ. ކެންސަރަކީ ފަރުވާއެއް ނެތް ބައްޔެވޭ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މި ބަލިތަކަށް ފަރުވާ އެބަ އޮތް. ފަރުވާ ނެތީ ހަސަދަވެރިކަމަށް، މީހުން ފަޟީޙަތް ކުރުން ފަދަ ކަންކަމަށް “ ސަލީމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުޢިއްޒަކީ ވަރަށް ވިސްނުންތެރި ވެރިއެއް ކަމަށާއި، މި ޤައުމު ހަމައަކަށް އެޅުވުމަށްޓަކައި ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްތަކަށް ޝުކުރު ހައްޤު ކަމަށެވެ.
“މީހަކު ކަމެއް ރަނގަޅަށް ކުރަންޏާމު ގޮންޖެހުންތައް އަންނާނެ. ކޮންމެވެސް ބަޔަކު ތިބޭނެ ނުރުހޭ. އެންމެން ރުއްސައިގެން ޤައުމެއް ނުހިންނޭ. އަޅުގަނޑުމެން ދާން ޖެހޭނީ ތެދުވެރިކަމާ އެކު - ސަލީމް ވިދާޅުވިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ސިޔާސީ މަޤާމުތައް އިންތިހާއަށް ގިނަ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަތަކަށްވެސް ސަލީމް ވަނީ ރައްދު ދެއްވާފައެވެ.
“މި 5 އަހަރު ނިމޭއިރު މި ޤައުމުގެ އެންމެން ތިބޭނީ ވަޒީފާގައި. މި ޤައުމު ހިނގަނީ ރަނގަޅަށް. އެހެންވީމަ ސިޔާސީ މަޤާމުތައް ގިނަވާނެ. އެމީހުންވެސް ރަނގަޅު މުސާރަ އާ މަޤާމުތައް ބޭނުންވާނެ - ސަލީމް ވިދާޅުވިއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް