ޣައްޒާގެ މަގުތަށްމަތި
ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ފަލަސްތީނުގެ މި ސަރަޙައްދުގައި ޕޯލިއޯގެ ބަލިމަޑުކަމެއް ފެތުރިފައިވާކަމަށް އިޢުލާނުކޮށްފައެވެ. އަދި މި ނުރައްކާތެރި ބަލި ފެތުރުމުގެ ސަބަބަކީ އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ނުރައްކާތެރި ހަމަލާތައްކަމަށް ބުނެފައިވެއެވެ.
ހޯމަ ދުވަހު ޓެލެގްރާމްގައި ޝާއިޢުކުރި ބަޔާނެއްގައި މިނިސްޓްރީން ބުނެފައިވަނީ މި ހާލަތަކީ "ޣައްޒާގެ ރައްޔިތުންނަށާއި އަވަށްޓެރި ޤައުމުތަކަށްއޮތް ސިއްހީ ނުރައްކަލެއް" ކަމަށެވެ. މިއީ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ހިތި ނަތީޖާއެވެ.
މި ބަލިމަޑުކަމަކީ ދުނިޔެއިން ޕޯލިއޯ ނައްތާލުމުގެ ޕްރޮގްރާމަށް ލިބުނު "ފަހަތަށް ޖެހުމެއް" ކަމަށް ބުނެ، މިނިސްޓްރީން ގޮވާލާފައިވަނީ “އިސްރާއީލުގެ އުދުވާނީ ހަމަލާތާށް ހުއްޓުވުމަށާއި ބޯފެނާއި އަމިއްލަ ސާފުތާހިރުކަން ނެތުމާއި،. ނަރުދަމާ ވިއުގަ ހަލާކުވުމާއި، ގިނަ ޓަނުގެ ކުނިބުނި ނުނެގި ހުރުމުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށެވެ."
ޕޯލިއޯމައިލައިޓިސް އަކީ މައިގަނޑު ގޮތެއްގައި ނަޖިހާއި އަނގައިގެ ޒަރިއްޔާަިން (ފީކަލް-އޯރަލް ރިއުޓްން) ވަރަށް ގަދައަށް ފެތުރޭ ވައިރަހެކެވެ. މިވައިރަހުގައި ފުރަތަމަ ފެންނަ އަލާމާތްތަކަކީ ހުންއައުން، ވަރުބަލިވުން، ބޮލުގައި ރިއްސުން، ހޮޑުލުން، ކަރުގައި ރިއްސުން އަދި ގައިގެއެކި ހިސާބުތަކުގައި ރިއްސުމެވެ. މި ވައިރަސް ނާރުގޭ ސިސްޓަމަށް ވަދެއްޖެނަމަ ވާބަލިޖެހުމުގެފުރުސިތު އިތުރުވެގެންދެއެވެ. 1988 އިން ފެށިގެން މުޅި ދުނިޔޭގައި ޕޯލިއޯގެ ކޭސްތައް 99 އިންސައްތަ ދަށްވެފައިވަނީ، ބޮޑެތި ވެކްސިން ކެމްޕޭންތަކުގެ ސަބަބުންނެވެ. އަދި މި ބަލި މުޅިން ނައްތާލުމަށް އަދިވެސްދަނީ މަސައްކަތްތައް ކުރެވެމުންނެވެއެވެ.
މި މަހުގެ ކުރީކޮޅު، ޔުނިސެފްއާ ގުޅިގެން ޣައްޒާގެ ޞިއްޙީ މިނިސްޓްރީން ބުނެފައިވަނީ "ކޮމްޕޯނަންޓް ޕޯލިއޯވައިރަސް ޓައިޕް 2" ފެނިފައިވާ ކަމަށެވެ. މި ވައިރަސް ފެނިފައިވަނީ "ހިޖުރަކޮށްފައިވާ މީހުންގެ ޓެންޓުތަކުގެ ދެމެދުން އެއްވެ ދައުރުވާ" ނަޖިހުގެ ތެރެއިންނެވެ. މިހާރުވެސް މީހުން ތޮއްޖެހިފައިވާ ޣައްޒާ ސަރަޙައްދުގައި މަދުން ލިބެން ހުރި ބޯފެން، މި ވައިރަހުން ތަޣައްޔަރުވުމުގެ ނުރައްކާތެރިކަންއެބައޮތެވެ.
ހުކުރު ދުވަހު، ދުނިޔޭގެ ސިއްޙީ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި ޣައްޒާއަށް އެއް މިލިއަނަށްވުރެ ގިނަ ޕޯލިއޯ ވެކްސިން ފޮނުވާނެ ކަމަށެވެ. މިއީ ނަޖިސް ނިޒާމުން ވައިރަސް ފެނުމާ ގުޅިގެން ކުޑަކުދިންނަށް ބަލި ޖެހުނަ ނުދިނުމަށްޓަކައެވެ.
އިސްރާއީލުގެ ސިފައިން ބުނީ "ޕޯލިއޯ ވައިރަސް ޓައިޕް 2" ގެ ބައިތަކެއް ހުރިކަމުގެ ހެކި ލިބިފައިވާ ކަމަށާއި، ޣައްޒާގައި ތިބި ސިފައިންނަށް ޕޯލިއޯ ވެކްސިން ދޭން ފަށާނެ ކަމަށެވެ. އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ނަޖިސް އަދި ފެނުގެ ނިޒާމުތަކަށްވަނީ ގެއްލުންވެ ހަލާކުވެފައިވެއެވެ.
ފާއިތުވި ހަފްތާގައި އދ. އިން ރިޕޯޓުކުރި ގޮތުގައި ޕޯލިއޯ ވައިރަސް ފެނުމުގެ އިތުރުން، ޣައްޒާގެ ސާފުތާހިރުކަމުގެ ހާލަތު ދަށަށް ދިއުމާއެކު ހެޕަޓައިޓިސް އޭ، ޑިސެންޓްރީ އަދި ގެސްޓްރޯއެންޓެރައިޓިސްގެ ކޭސްތައް ފުޅާ ދާއިރާއެއްގައިވަނީ އިތުރުވެފައިވެއެވެ.
"މިއީ ޣައްޒާގައި ފެތުރޭނެ ބަލިތަކުގެ ރާޅުގެ ފެށުން އެކަނި،" ޣައްޒާގެ މެދުތެރޭގައިވާ ދެއިރުލް ބަލަހުން ރިޕޯޓުކުރަމުން އަލްޖަޒީރާގެ ހިންދު ހުދާރީ ބުންޏެވެ. "ފަލަސްތީނުގެ މީހުން ދިރިއުޅެމުންދަނީ ވަގުތީ ޓެންޓުތަކުގައި، ފާޚާނާއެއް ނެތި، އެއްވެސް ސާފުތާހިރުކަމެއް ނެތި، ފެނާއި ނަރުދަމާއަށް ވާސިލުވުމެއް ނެތި." އޭނާ ބުންޏެވެ.
ކުޑަކުދިންގެ އިންޓެންސިވް ކެއަރ ޑޮކްޓަރެއް ކަމަށްވާ ޑރ. ތާނިޔާ ހަޖް-ހަސަން، މި މަހުގެ ކުރީކޮޅު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނަޖިސް ނިޒާމުގައި ޕޯލިއޯ ވައިރަސް ހުރުމަކީ "ގޮވަން ތައްޔާރުވެފައިވާ ބޮމެއް" ކަމަށެވެ. "އާންމު ގޮތެއްގައި ޕޯލިއޯގެ ކޭހެއެއް އޮވެއްޖެނަމަ، އެ މީހަކު އެކަހެރިކޮށް، އެހެން މީހުން ބޭނުން ނުކުރާ ފާޚާނާއެއް ބޭނުންކުރުވައި، އަދި އެހެން މީހުންނާ ގާތުން ނުގުޅުވައި ބަހައްޓަން ޖެހޭނެ. އެކަމަކު މިހާރު އެކަން ކުރުމަކީ ނުކުރެވޭނެ ކަމެއް،" އޭނާ ފާހަގަކުރިއެވެ. "މިވަގުތު ހުރިހާ އެންމެން ރެފިއުޖީ ކޭމްޕުތަކުގައި އެއްވެގެން ތިބީ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ 9 މަސް ދުވަހު އެއްވެސް ވެކްސިނެއް ނުލިބި ތިބި މީހުން. މީގެ ތެރޭގައި ޕޯލިއޯ ވެކްސިން ޖަހަންޖެހޭ ކުދިންނާއި، ބަލި ފެތުރޭ ހާލަތެއްގައި ބޫސްޓަރ ޑޯޒް ދޭންޖެހޭ މީހުން ވެސް ހިމެނޭ. މީގެ ތެރޭގައި ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން ވެސް ހިމެނޭ."
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް