ކެރެލާގެ މަގުތަކުގައި ފެން ބޮޑުވެފައި
އިންޑިއާގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ކޭރަލާގެ ފަރުބަދަތަކުގައި ވިއްސާރަވުމާގުޅިގެން ހިނގާދިޔަ ބިންގަނޑު ކަނޑައިންދިޔުމުގެ ކާރިސާއެއްގައިި މަދުވެގެން 19 މީހުން މަރުވެއްޖެކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އަދި ވަރަށް ބޮޑަށް ވާރޭވެހި، އިންޓަނެޓް ގުޅުންތަށް ކެނޑުމުގެ ސަބަބުން ސަލާމަތްކުރުމުގެ މަސައްކަތަކުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ.
އެތައް ސަތޭކަ ބަޔަކު ފަރުބަދަތަކުތެރޭގައި ތާށިވެފައަވާކަމަށް ބެލެވޭ އިރު، 19 މީހުން މަރުވެފައިވާކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުން އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.
"މިހާރުގެ ހާލަތު ވަރަށް ނުރައްކާތެރި. ސަރުކާރުން ވަނީ ހުރިހާ އޭޖެންސީތަކެއް ސަލާމަތްކުރުމުގެ މަސައްކަތަށް ނެރެފައި،" ސްޓޭޓުގެ ފޮރެސްޓް މިނިސްޓަރ އޭ.ކޭ ސަސީންދްރަން ރޮއިޓަރސް ނިއުސް އޭޖެންސީއަށް ވިދާޅުވިއެވެ.
އިންޑިއާ މެޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ އަންގާރަ ދުވަހު ސްޓޭޓުގައި ވަރަށް ބޮޑަށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ.
އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސަތްކަތްތަށް މިހާރު ކުރިއަށްގެންދަމުން ދާއިރު، އެއަރ ފޯސްގެ ދެ ހެލިކޮޕްޓަރެއްވެސް މޮބިލައިޒްކޮށްފައިކަމަށް ކޭރަލާ ޗީފް މިނިސްޓަރގެ އޮފީހުން ނެރިފައަވާ ބަޔާނެއްގައި ބުނެފައިވެއެވެ.
އެ ސަރަހައްދުގައި އިންޓަނެޓް ގުޅުން ނެތުމުގެ ސަބަބުން ތާށިފައިވާ މީހުން ސަލާމަތްކުރުމަށް ކުރެވެމުންދާ މަސަތްކަތްތަކުގައި ދަތިތަކާ ކުރިމަތިވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ އިސް އޮފިސަރެއް ކަމަށްވާ މޮހްސެން ޝަހެދީ ވިދާޅުވިއެވެ.
ސައިންޓިސްޓުން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ހޫނުމިން އިތުރުވަމުން ދިއުމުގެ ސަބަބުން މޫސުމީ ވިއްސާރައަށް ބަދަލުތަކެއް އަންނަމުންދާކަމަށް ފާހަގަކުރެވެއެވެ. މިގޮތުން މޫސުމީ ވިއްސާރައިގެ ވައްޓަފާޅި އެއްގޮތަކަށް ނުހުންނަ ކަމަށާއި، ކުރިން އާދަވެފައިވާ ގޮތާ ތަފާތު ގޮތްތަކަކަށް ބަދަލުވަމުންދާކަމަށް ބެލެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް