17 އަހަރުން ދަށުގެ ސެމީގެ ޖާގަތައް އެފްއެފްއެފްއޭއާއި، ޔޫވީއާއި، އުކުޅަސްގެ އިތުރުން ނިއު ސްޓާއަށް

ރިދަން ސްޕޯޓްސް އެކަޑެމީ ޗެމްޕިއަންޝިޕް ތެރެއިން --- ފޮޓޯ/ ރިދަން ސްޕޯޓްސް ކުލަބު

ރިދަން އެކަޑެމީ ޗެމްޕިއަންޝިޕް 2026 ގެ 17 އަހަރުން ދަށުގެ ސެމީ ފައިނަލަށް ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީއާއި، ޔުނައިޓެޑް ވިކްޓްރީ އެކަޑެމީއާއި، އުކުޅަސް ސްޕޯޓްސް އެކަޑެމީގެ އިތުރުން ނިއުސްޓާ ސްޕޯޓްސް އެކަޑެމީ ދަތުރުކޮށްފިއެވެ.

17 އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީއެވެ. އެޓީމު ވަނީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓު ހޯދައިފައެވެ. ދެވަނަ ޓީމުގެ ގޮތުގައި ދަތުރުކުރީ އުކުޅަސްއެވެ. އެ ޓީމަށް ފަސް މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ނިއު ސްޓާއަށް ވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ. ނަމަވެސް އުކުޅަހަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ހަތަރުވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ވިކްޓްރީ ސެމީއަށް ދަތުރުކުރީ ފަސް މެޗު ކުޅެ ހަތް ޕޮއިންޓު ހޯދައިގެންނެވެ.

ލީގު އުސޫލުން ކުޅުނު އެ އުމުރުފުރާގައި ދެން ހިމެނެނީ ރިދަން ސްޕޯޓްސް އެކަޑެމީއާއި ޖެޓްލައިނާއެވެ. ރިދަން ފަސް ވަނަ ލިބެނީ ފަސް މެޗުން ފަސް ޕޮއިންޓު ހޯދައިގެންނެވެ. އަދި ފުލުގައި ޖެޓްލައިނާ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ދެ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރާއްޖޭގެ މަޝްހޫރު އެކަޑެމީތަކުން ވެސް ބައިވެރިވެއެވެ. އެގޮތުން މާލެއިން ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ އެކަޑެމީއާއި ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑެމީ ހިމެނެއެވެ. އއ. އުކުޅަހުން އެ މުބާރާތުގައި އުކުޅަސް ސްޕޯޓްސް އެކަޑެމީ ބައިވެރިވާއިރު އެ އަތޮޅު ރަސްދޫއިން އެ މުބާރާތުގައި ބައިވެރިވަނީ ރަސްދޫ ފުޓްބޯލް އެކަޑެމީއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ސަޑޭ ސްޕޯޓްސް އެކަޑެމީން ވެސް އެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. ޅ. ނައިފަރުގެ މަޝްހޫރު އެޕެކްސް ސްޕޯޓްސް އެކަޑެމީން ބައިވެރިވާއިރު ކ. މާފުށީގެ ނިއު ސްޓާ އެކަޑެމީން ވެސް ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ.

ލަންކާއިން އެ މުބާރާތުގައި ވާދަކުރާނީ ޖެޓްލައިނާސް އެކަޑެމީއެވެ. އަދި ތޮއްޑޫއިން އެ މުބާރާތުގައި ކުޅެނީ ރިދަން ސްޕޯޓްސް އެކަޑެމީއެވެ.

މިއަހަރުގެ މުބާރާތް ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ހަތަރު އުމުރުފުރާއަށް ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ.

އެ މުބާރާތުގެ ދެވަނަ ބައި ފަށަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ވާދަކުރާނީ 10 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 12 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތަކެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy