ބިލާލް މުޙައްމަދު - ޔޫއެފްސީ ޗެމްޕިއަންކަން ހޯދި ފަލަސްޠީނަށް ނިސްބަތްވާ ފުރަތަމަ ފައިޓަރ

ބެލާލް މުޙައްމަދު

ބެލާލް މުޙައްމަދު ވަނީ ޔޫއެފްސީ މުބާރާތެއްގައި ވަނަ ހޯދި ފަލަސްތީނަށް ނިސްބަތްވާ ފުރަތަމަ މިކްސްޑް މާޝަލް އާޓްސް ފައިޓަރަށްވެފައެވެ. މިއާއިއެކު އޭނާ ވަނީ އިނގިރޭސި ޗެމްޕިއަން ލިއޯން އެޑްވާޑްސްގެ އަތުން ވެލްޓަރވެއިޓް ޓައިޓަލް އަތުލާފައެވެ.

36 އަހަރުގެ މި އެމެރިކާ ފައިޓަރަކީ ޝިކާގޯގައި އުފަން، ދެ ފަލަސްތީނު މުހާޖިރުންގެ ދަރިއެކެވެ. އޭނާ ވަނީ ހޮނިހިރު ދުވަހު ބޭއްވުނު ޔޫއެފްސީ 304 މުބާރާތުގައި 5 ރައުންޑުގެ އިއްތިފާޤުން ކުރިއަށްދިޔަ މުބާރާތެއްގައި (48-47، 48-47، 49-46) ކާމިޔާބު ހޯދާފައެވެ.

އޭނާގެ މޫނުގައި ލޭއޮހޮރި، މުޙައްމަދު (24-3) ވަނީ ކަކޫމައްޗަށް ތިރިވެފައެވެ. މިއީ އޭނާ ވިދިވިދިގެން 11 ވަނަ ފަހަރަށް ބަލިނުވެ ކުރިއަށްދިޔަ ފަހުން، ޗެމްޕިއަންޝިޕް ބެލްޓު އޭނާގެ އުނަގަނޑުގައި އެޅުވުނު ވަގުތެވެ. 2019 އިން ފެށިގެން އޭނާ ވަނީ އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށްފައެވެ.

"މިއީ ހަމައެކަނި އަޅުގަނޑަށް ޓަކައެއް ނޫން، މިއީ އެމީހުންނަށް ޓަކައި،[ފަލަސްތީނުގެ މީހުންނާއި ޣައްޒާގެ މީހުންނަށް ޓަކައި]" އިނގިރޭސިވިލާތުގައި ބޭއްވުނު އޭނާގެ ފައިޓުގެ ކުރިން މުޙައްމަދު ބުނެފައިވެއެވެ.

އަދި އޭނާ ވަނީ ހޮނިހިރު ދުވަހުގެ މެޗު ޕްރޮމޯޓްކުރުމުގައި ފަޚުރުވެރިކަމާއެކު ފަލަސްތީނުގެ ދިދަ ނަގައި، އަދި ޣައްޒާއަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ފާޑުކިޔާފައެވެ.

މުޙައްމަދާއި އެޑްވަރޑްސް 2021 ގައި ކުރި ފައިޓުގައި ނަތީޖާއެއް ނުނިކުތެވެ. މިއީ ދެ ފައިޓަރުންނަށްވެސް ހިތްހަމަނުޖެހޭ ނަތީޖާއަކަށްވެ، އޭގެ ފަހުން ދެމީހުންވެސް ވިދިވިދިގެން ފައިޓުތައް ކާމިޔާބުކުރަން ފެށިއެވެ. އެޑްވަރޑްސް ވިދިވިދިގެން 4 ފައިޓު ކާމިޔާބުކުރިއިރު މުޙައްމަދު ވަނީ ވިދިވިދިގެން 5 ފައިޓު ކާމިޔާބުކޮށްފައެވެ.

2022 ގައި އެޑްވަރޑްސް (22-4) ކަމަރު އުސްމާނާ ދެކޮޅަށް ކުޅެ ބެލްޓު ކާމިޔާބުކުރިއެވެ. އަދި އޭގެ ފަހުން ދެ ފަހަރު ބެލްޓު ކާމިޔާބުކަމާއެކު ދިފާޢުކުރިއެވެ. އޭގެ ފަހުން ހޮނިހިރު ދުވަހު މުޙައްމަދާ ދެކޮޅަށް ކުޅުނެވެ.

މުޙައްމަދު އޭނާގެ ފަލަސްޠީނު ނަސްލު އަބަދުވެސް ފާހަގަކުރެއެވެ. އޭނާ ރިންގަށް އަރާއިރު އަރަބް އައިޑަލްގެ ވިޖެތާ މުޙައްމަދު އައްސާފްގެ 'ދައްމީ ފަލަސްޠީނީ' (އަހަރެންގެ ލޭ ފަލަސްޠީނެވެ) މިލަވަ ޖަހައެވެ.

2021 ވަނަ އަހަރު، ނޫސްތަކުގައި މުޙައްމަދުގެ ބަސްކޯޅިއެއް ނަގާފައިވެއެވެ. އޭގައި އޭނާ ބުނެފައިވަނީ، ދުނިޔޭގައި މަޝްހޫރު ފައިޓަރެއްގެ ގޮތުގައި، އޭނާއަކީ 'އަޑުއުފުލަން  ފުރުސަތު ނުލިބިފައިވާ މީހުންގެ އަޑު' ކަމަށެވެ."

"ފަލަސްޠީނުގެ މާގިނަ ކުޅިވަރުވެރިންނަކަށް އެމީހުންގެ ދިދަ އުފުލޭނެ  ފުރުސަތެއް ނުލިބެ. އަދި މިހާރު، ޚާއްޞަކޮށް މި ދަނޑިވަޅުގައި، އަޅުގަނޑު އެ ދިދަ ކުރިއަށްވުރެ މައްޗަށް އުފުލަން ޖެހޭ. ދުނިޔެއަށް ދައްކަން ޖެހެނީ އަހަރެމެން ވުޖޫދުގައި ތިބިކަމާއި، އަހަރެމެންނަކީ ޤައުމެއްކަމާއި، އަދި އެތާ ޙަޤީޤީ މީހުން އުޅޭކަން.”

"މިހާރު އަހަރެންނަށްއެހެންވީމާ، އަހަރެން އެކަމަށް އަލިކަމެއް ދެމުން، އެމީހުންގެ ހިތްވަރު އިތުރުކޮށް، އެމީހުންގެ ހިތްތައް މަތިވެރިކުރަމުން ގެންދާނަމަ، އަހަރެންނަށް ކުރެވެން އޮތް ހުރިހާކަމެއް ކުރާނަމެވެ."

“މިހާރު އަޅުގަނޑަށްވަނީ އަޑެއް ނެތް މީހުންނަށް އަޑަކަށްވެފަ. ދުނިޔެއިން ހަނދާން ނައްތާލަން ބޭނުންވާ މީހުންގެ  އަޑަކަށް  ވެފަ. އެހެންވީމާ، އަޅުގަނޑު އެ މީހުންގެ މައްޗަށް އަލިކަމެއް އަޅުވަމުން ދާން، އެ މީހުންގެ ހިތްވަރު އިތުރުކުރާނަން، އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން."

            

ކޮމެންޓް

team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

23 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy