ކުޑަކުދިން ކުށުގެ ވެށިން ދުރުކުރުމަކީ އެންމެ ބޮޑު އަމާޒު - އިހްސާން

މިނިސްޓަރ އިޚްސާން

ފުލުހުންގެ ކަސްޓޯޑިއަލްގައި ނުނިމި އެއްވެސް ކުޑަކުއްޖެއްގެ ކޭސްއެއް ނޯންނާނެ ކަމަށާއި ކުޑަކުދިން ޝާމިލްވާ މައްސަލަތަކަށް ހާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފޯރަމް "އަހާ"ގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ، ކުޑަކުއްޖަކު ކުށެގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއެކު ޖުވެނައިލް ކޯޓު މެދުވެރިކޮށް އެ މައްސަލައިގެ ޝަަރީއަތްތައް އަވަސްކޮށް އެ މައްސަލަ ވީހާވެސް އަވަހަށް ނިންމުމުގެ މަސައްކަތް ކުރާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ކުށް ކުރާ ކުއްޖަކު ނުވަތަ ކުށުގެ މާހައުލަށް ހުށަހެޅޭ ކުއްޖަކު، ކުށެއްގެ މާހައުލުން ހައްޔަރުކުރެވޭ ހިނދު ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހިސާބުން ވަގުތުން އެކުއްޖަކަށް ޑިޕާޓްމަންޓް އޮފް ޖުވެއިނަލް ޖަސްޓިސްގެ ފަރާތުން އެޓެންޑު ކުރުމުގެ ކަންތައް އެންމެ ފުރަތަމަވެސް." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، މި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތަކީ ކުށަކަށް އަރައިގަނެގެން ނުވަތަ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދަކުދިން ކަސްޓޯޑިއަލްގައި ބަހައްޓައިގެން ޝަރީއަތްތައް އަވަސް ކުރުން ކަމަށެވެ. އަދި މިހާރު ކުޑަކުއްޖަކާއި ގުޅޭ އެއްވެސް ކޭސްއެއް ކަސްޓޯޑިއަލްގައި ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިހާރު ހައްޔަރުކުރެވޭ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ކަސްޓޯޑިއަލްގައި ބަހައްޓައި ޝަރީއަތް އަވަސްކުރުމުގެ ފަލްސަފާއެއް އަޅުގަނޑުމެން ކުރިއަށް ގެންދަނީ. އެގޮތުން މިހާރު އަޅުގަނޑުމެންގެ ކަސްޓޯޑިއަލްގައި ޕެންޑިންގައި އެއްވެސް ކުޑަކުއްޖެއްގެ ކޭސްއެއް ނީންނާނެ." އިހުސާން ވިދާޅުވިއެވެ.

ހައްޔަރު ކުރާ މީހުން ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދު ކުރަނީ ފުލުހުންގެ ތަހުގީގު މަރުހަލާގައެވެ. ޝަރީއަތް ފެށުމުން ބައެއް ހާލަތްތަކުގައި ކުށުގެ ބާވަތަށް ބަލައި ރިމާންޑު ޖަލުތަކަށް ވެސް ކުށްވެރިން ބަދަލުކުރާ ނަމަވެސް، ބަންދުން ދޫކޮށްލައިގެން ވެސް ބައެއް މައްސަލަތަކުގެ ޝަރީއަތް ހިންގައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

37 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy