ޖަންނަތުގެ ޕޯސްޓަރު ދައްކާލައިފި، ފިލްމު ސިނަމާއަށް އަންނާނީ 3 އޮގަސްޓުގައި

ޖަންނަތުގެ ޕޯސްޓަރު---

މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޑާކަރެއިން އެންޓަޓެއިންމަންޓްގެ ފިލްމު ޖަންނަތުގެ ރަސްމީ ޕޯސްޓަރު ދައްކާލައިފިއެވެ.

އެ ޕޯސްޓަރުގައި ވާގޮތުން އެ ފިލްމު ދިވެހި ސިނަމާއަށް އަންނާނީ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގައެވެ.

ޑާކްރެއިން އިން ބުނީ މިހާރު އެ ފިލްމު ބެލުމަށް ޓިކެޓު ވެސް ނެގޭނެކަމަށެވެ.

އެ ޕްރޮޑަކްޝަން ހައިސްއިން ބުނީ ޓެކެޓު ބުކް ކުރުމަށްޓަކައި ޖެހެނީ 9911229 އަށް ވައިބާއިން މެދުވެރިކޮށް މެސެޖެއް ފޮނުވާށެވެ. އަދި އެ މެސެޖުގައި ފިލްމު ބަލަން ބޭނުންވާ ތާރީހާއި ބޭނުންވާ ސީޓުގެ އަދަދުގެ އިތުރުން ގުޅޭނެ ފޯނު ނަންބަރެއް ޖަހަން ޖެހެއެވެ.

އެ ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ ޝަރަފު ޢަބްދުﷲ (ޝަރަފް)، އާމިނަތު ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަންޖީ އަދި ޓައިޓްލް ރޯލުން ފެނިގެންދާ މަހްރީން މުޙައްމަދު ޢަލީއެވެ.

އެ ފިލްމުގެ ޑައިރެކްޓަރަކީ އަލްވަދާއު، އަދި އަލިފާން ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

އެ ފިލްމުގެ ސިނަމެޓޯގްރަފީ ހަދައިފަ ވަނީ ސިނަމެޓޯގްރަފީއަށް އިންގިލާބެއް ގެނުވި ބިބީ ފިލްމުގެ ސިނަމެޓޯގްރަފީ ހަދައިފައިވާ އަހުމަދު ޒިފާފު އެވެ.

ޖަންނަތުގެ ފުރަތަމަ ޓީޒާ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އާންމުކޮށްފައެވެ. ފުރަތަމަ ޓީޒާއިން ފެންނަ ގޮތުގައި އެ ފިލްމުގެ ބަތޮލު ޝަރަފް ފެންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައެވެ. އަދި އެ ޓީޒާއިން ފެންނަ ގޮތުގައި މަގުމަތިން ހިނގައިފައި ދަމުން އޭނާގެ ދަރިފުޅާއެކު ހިތުން ނަވަތައިގެ ބޮޑެތި ނަންބަރުތައް ކިޔައެވެ.

މިލިއަނުން މަތީގެ އަދަދުތައް ހިތުން ދެބަފައިން ކިޔަމުން ދާތަން ޓީޒާއިން ފެންނައިރު ޝަރަފް އަކީ ނުކުޅެދުންތެރިކަން ހުރި ނަމަވެސް ތޫނުފިލު މީހެއްކަން އެ ޓީޒާއިން ދައްކުވައިދެއެވެ.

މީގެ އިތުރުން ބައްޕަގެ ނުކުޅެދުންތެރިކަމާއެކު ވެސް ބައްޕަދެކެ ދަރިފުޅު ވާ ލޯބި އެ ޓީޒާއިން ދައްކުވައިދެއެވެ.

އެހެންކަމުން މި ފިލްމަކީ ތަފާތު ރީތި ފިލްމަކަށް ވާނެކަމަށް ގިނަ ބެލުންތެރިން ލަފާކުރެއެވެ. އަދި ގިނަ ބަޔަކު ތިބީ އެ ފިލުމު ބެލުމަށް ކެތްމަދުވެފައެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy