ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މެދު ނަތަންޔާހޫ ސީރިއަސްއެއް ނޫން – ހަމާސް

ނަތަންޔާހޫގެ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރަމުން ދިޔަ ވަގުތު، ޔުނިއަން ސްޓޭޝަން ގެ ބޭރުގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ބައިވެރިން މުޒާހަރާ ކުރަމުން ދާއިރު، ކްރިސްޓޯފާ ކޮލަމްބްސް މެމޯރިއަލް ފައުންޓަންގައި މީހަކު ގްރެފިޓީ ކުރަހަނީ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅުން ދޭހަވަނީ، ހަނގުރާމަ ހުއްޓާލުމާ މެދު ނަތަންޔާހޫ ސީރިއަސް ނޫން ކަމަށް ހަމާސުން ބުނެފިއެވެ. ހަމާސުން ބުނެފައިވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި އަސީރުން ދޫކޮށްލުމާ މެދު އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ ހުރިހާ މަސައްކަތެއް ނަތަންޔާހޫ ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.

ނަތަންޔާހޫ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ މުހާތަބު ކުރައްވަމުން ގެންދަވަނިކޮށް ވޮޝިންޓަން ޑީސީ ކައިރިއަށް އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް އާއްމުން އެއްވެ ވަނީ މުޒާހަރާކޮށްފައެވެ. އާއްމުންގެ ރުޅިވެރިކަން އިތުރުވެފައިވަނީ ޣައްޒާގެ ރައްޔިތުންގެ ހާލަތު ނިހާޔަތަށް ގޯސްވެ، ހަނގުރާމާ ހުއްޓާލުމާއި ގައިދީން މިނިވަން ކުރުމުގެ އެއްބަސްވުން ފެއިލްވެފައިވާތީއެވެ.  

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ހަމަލާތަކުން، ޚާން ޔޫނުސްގެ ސަލާހު އަލްދީން މަގުގައި، ޒަހަމްވި މީހުން ސަލާމަތް ކުރަން މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް އަމާޒުކޮށް ޑްރޯންތަކުން ހަމަލާކަމަށެވެ.  އަދި ސިއްހީ އެހީތެރިންނަށް އެމީހުންގެ މަސައްކަތްތައް އަދާކުރުމަށް ގަސްތުގައި ހުރަސް އަޅަމުންދާ ކަމަށެވެ.

އިސްރާއީލުން އެންމެ ފަހުން ޣައްޒާއަށް ދިން ޙަމަލާގައި، ޚާން ޔޫނުސްގެ ދެކުނުގައި ފަލަސްޠީނުގެ 129 މީހުން ޝަހީދުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާއިރު، ގާތްގަނޑަކަށް 150،000 އެއްހާ ރައްޔިތުން ވަނީ ޣައްޒާ ދޫކޮށް އެހެންތަންތަނަށް  ހިޖުރަކުރަން މަޖުބޫރުވެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގެ 39،145  މީހުން ވަނީ ޝަހީދުވެފައެވެ. އަދި 90،257 މީހުން ޒަޚަމްވެފައިވެއެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އަދިވެސް އިސްރާއީލުގެ ދިހަވަރަކަށް މީހުން ޣައްޒާގައި ރަހީނުކޮށްފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy