ފަލަސްޠީނުގެ ޖަމާޢަތްތައް ޗައިނާގެ އެހީއާއެކު އެއްބައިވަންތަކަމުގެ ސަރުކާރެއް ބިނާކުުރުމުގެ އެއްބަސް ވުމަކަށް

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީއާއެކު ފަތާހުގެ ވައިސް ޗެއާ މަހްމޫދު އަލް އަލޫލް އަދި ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ މޫސާ އަބޫ މަރުޒޫކު

ފަލަސްޠީނުގެ ސިޔާސީ މައިގަނޑު ދެ ޖަމާޢަތް ކަމަށްވާ ހަމާސް އާއި ފަތާހް ވަނީ ޗައިނާގެ އެހީއާއެކު އެއްބައިވަންތަކަމުގެ ސަރުކާރެއް ބިނާކުުމުގެ އެއްބަސް ވުމެއްގައި ސޮއިކޮއްފައެވެ. އަދި މި ދެ ޖަމާޢަތުގެ އިތުރުން، އިތުރު 12 ޖަމާޢަތަކުން ވެސް ވަނީ މި އެއްބަސް ވުމުގައި ސޮއި ކުރައްވާފައެވެ.

ފަލަސްޠީނުގެ އެކި ޖަމާޢަތްތަކުގެ ސިޔާސީ ލީޑަރުންނާއިއެކު، މިއަދު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި މަޝްވަރާތަކަށްފަހު، ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ނިމުމުން ޣައްޒާގައި” ވަގުތީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް" އެކުލަވާލުމުގެެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ޗައިނާގެ އިސްނެގުމުގެ ދަށުންނެވެ.

ފަލަސްޠީނު ނެޝަނަލް އިނީޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް ، މި އެއްބަސްވުމުގައި ސޮއިކުރި 14 ޕާޓީގެ ތެރެއިން އެއް ޕާޓީގެ ވެރިޔާ، މުސްޠަފާ ބަރުޣޫތީ، އަލްޖަޒީރާއަށް ވިދާޅުވެފައިވަނީ މި އެއްބަސްވުމަކީ ފާއިތުވި އަހަރުތަކުގައި ވެވުނު އެހެން އެއްވެސް އެއްބަސްވުމަކަށްވުރެ "މާ ފުޅާ" އެއްބަސްވުމެއް ކަމަށެވެ.

އަދި ހަމައެހެންމެ، މުސްޠަފާ ބަރުޣޫތީ ބުނިގޮތުގައި މި މަޝްވަރައިގެ މައިގަނޑު ހަތަރު ބައިކަމުގައިވަނީ ވަގުތީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމާއި، ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން އެއްވެފައިވާ ފަލަސްތީނު ލީޑަރޝިޕެއް އުފެއްދުމާއި، އައު ފަލަސްތީނު ނެޝަނަލް ކައުންސިލެއް މިނިވަން އިންތިޚާބަކުން ހޮވުމާއި، އަދި އިސްރާއީލުގެ ދެމިގެންދާ ހަމަލާތަކާ ކުރިމަތިލުމަށް އާންމު އެއްބައިވަންތަކަމުގެ އިއުލާނެއް ކުރުމެވެ.

މި މަޝްވަރާތަކުގެ އެންމެ ފަހު ބުރުގައި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހާނިއްޔޭ އާއި ފަތާހްގެ ޑެޕިއުޓީ ލީޑަރު މަހްމޫދު އަލް އަލޫލް ބައިވެރިވަޑައިގަތެވެ.

ފަލަސްތީނުގެ ވާދަވެރި ދެ ޖަމާއަތް ކަމަށްވާ ހަމާސްއާއި ފަތާހް އެއްގަލަކަށް އެރުމަކީ ފަލަސްތީނުގެ އެއްބައިވަންތަކަމާއި މިނިވަންކަން ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިދިޔަ އޭޕްރިލް މަހު ވެސް ޗައިނާއިން ވަނީ ހަމާސްއާއި ފަތާހްގެ އޮފިޝަލުން އެއް މޭޒެކަށް ގެނެސްފައެވެ. އެ ގައުމުން ދެކޭ ގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލު ކުރެވޭނީ ފަލަސްތީނާއި އިސްރާއީލުގެ ދެ ދައުލަތެއް އޮވެގެންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

59 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy