ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މުއާޒު ހަލީމު މިއަދު އިސްތިއުފާ ދީފި އެވެ.
މުއާޒު ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލު ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ ކަމަށެވެ.
މީގެ އިތުރުން ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަގާމުގައި އޭނާއަށް ވުރެ، ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނަ ކަމަށް މުއާޒު ވިދާޅުވި އެވެ.
ޕީއެންސީގެ އެސްޖީގެ މަގާމަށް މުއާޒު ހަމަޖެއްސީ މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގަ އެވެ. މުއާޒު އެ މަގާމަށް ހަމަޖެއްސިއިރު އެ މަގާމު އަދާ ކުރައްވަމުން ގެންދެނީ ކުޑަކުދިންގެ ހިޔާގެ ކުރީގެ ޗީފް އެގްޒެކެޓިވްސް އޮފިސަރު ޒީނާޒު އަދުނާނެވެ.
ކޮމެންޓް