ރައްޔިތުންގެ ޝަކުވާ ހުށަހަޅަން 24 ގަޑިއިރު ހިދުމަތް ދޭ ހާއްސަ އޮފީހެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރެއްވުން: ފޮޓޯ/ މިހާރު، ފަޔާޒު މޫސާ

ރައީސް ޑރ. މުހައްމަދު މުއިއްޒު "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުގައި ގާއިމު ކުރި މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ޓަކައި 24 ގަޑިއިރު ހިދުމަތް ދޭ އޮފީހެކެވެ.

މި އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ، މި އަހަރުގެ ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނީ މި ބިއުރޯގެ މަސައްކަތްތައް އަމަލީ ގޮތުން ފެށޭނީ މި އަހަރުގެ މެދު ތެރޭގައި ކަމަށެވެ. މި ބިއުރޯގެ މަސައްކަތްތައް ފެއްޓުމަށް ޓަކައި ހަމަޖައްސަން ޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ރައީސް އޮފީހުން މިހާރު އަންނަނީ ކުރަމުންނެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖު ކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ.

ރައީސް އޮފީހުގައި އުފެއްދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމު ކުރާނެ އެވެ.

ކޮމެންޓް

team

ޕީއެންސީގެ އެސްޖީ މުއާޒު އިސްތިއުފާ ދީފި

2 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ބުރަ ނުޖައްސައި ތެލުގެ ކަންކަން މިދަނީ ވީ އެންމެ ރަނގަޅަކަށް މެނޭޖު ކުރަމުން: ޝިޔާމް

7 ގަޑިއިރު ކުރިން
team

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓް ކުރަނީ

21 ގަޑިއިރު ކުރިން
team

8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެ، އަނިޔާކުރި މައްސަލައެއް

1 ދުވަސް ކުރިން
team

ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް އުފައްދައިފި

1 ދުވަސް ކުރިން
team

ހަމަނުޖެހުންތަކާ ގުޅިގެން އުފެއްދި ވަޒީރުންގެ ކޮމިޓީއަށް ބަދަލު ގެނެސްފި

2 ދުވަސް ކުރިން
team

ނިލަންދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައިފި

2 ދުވަސް ކުރިން
team

މިނިސްޓްރީ އުވާލުމުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނީ ހުރަހެއް ނެތް

2 ދުވަސް ކުރިން
team

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖުމެންޓް ކޯހުގެ ތިން ބެޗު އެއްކޮށް ފަށައިފި

2 ދުވަސް ކުރިން
team

ހަދިޔާގެ ގޮތުގައި ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު

2 ދުވަސް ކުރިން
team

މެދުއިރުމަތީގެ ހަމަނުޖެހުން މަޝްވަރާގެ މަތިން ހައްލުކުރޭ!

2 ދުވަސް ކުރިން
team

ބީއެމްއެލުން ވީރަން މޯލްޑިވްސްއާ އެކު، އެއްބަސްވުމެއް ގާއިމުކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy