މާލޭގައި ޖިނާއީ ކުށްކުރުމުގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓް ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުން ކުރުމުގެ އިތުރުން، ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުންނެވެ.
ފުލުހުން ބުނީ އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓް ކުރުމަށް ޓަކައި، މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބިދޭސީން ރާއްޖޭގައި ކަންބޮޑުވާހާ މިންވަރަށް އަންނަނީ ގިނަވަމުންނެވެ.
އެގޮތުން ކަޅުބާޒާރުގައި ޑޮލަރު ގަތުމާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރުމާއި ހަށިވިއްކުމާއި މާރާމާރީތަކުގައި ބައިވެރިވުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްތައް ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް