ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖުމެންޓް ކޯހުގެ ތިން ބެޗު އެއްކޮށް ފަށައިފި

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖުމެންޓް ކޯހުގެ ތިން ބެޗު އެއްކޮށް ފެށުން: ފޮޓޯ/ ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖުމެންޓް" ކޯހުގެ ތިން ބެޗު އެއްކޮށް ފަށައިފި އެވެ.

ކަރެކްޝަނުން ބުނީ އިއްޔެ ފެށި މި ކޯހުގެ 6،7 އަދި 7 ވަނަ ބެޗުގައި ޖުމުލަކޮށް 115 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ހާއްސަކޮށެވެ.

ކޯހުގެ މައިގަނޑު މަގުސަދަކީ ޕްރިޒަން އޮފިސަރުންނަކީ ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ގާބިލު ބަޔަކަށް ހެދުމާއި، މެނޭޖުމެންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ.

މިއީ ރާއްޖޭގައި މިދާއިރާ އިން ހިންގާ ފުރަތަމަ ކޯހެވެ.

މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ  ސެޓްފިކެޓެއް ލިބޭނެ އެވެ.

މި ކޯހުގެ މޮޑިއުލްތައް ކިޔަވައިދޭނީ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ ބައެއް އޮފިސަރުންނާއި ސިވިލް މުވައްޒަފުންނެވެ.

ކޮމެންޓް

team

ޕީއެންސީގެ އެސްޖީ މުއާޒު އިސްތިއުފާ ދީފި

2 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ބުރަ ނުޖައްސައި ތެލުގެ ކަންކަން މިދަނީ ވީ އެންމެ ރަނގަޅަކަށް މެނޭޖު ކުރަމުން: ޝިޔާމް

7 ގަޑިއިރު ކުރިން
team

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓް ކުރަނީ

21 ގަޑިއިރު ކުރިން
team

8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެ، އަނިޔާކުރި މައްސަލައެއް

1 ދުވަސް ކުރިން
team

ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް އުފައްދައިފި

1 ދުވަސް ކުރިން
team

ރައްޔިތުންގެ ޝަކުވާ ހުށަހަޅަން 24 ގަޑިއިރު ހިދުމަތް ދޭ ހާއްސަ އޮފީހެއް

1 ދުވަސް ކުރިން
team

ހަމަނުޖެހުންތަކާ ގުޅިގެން އުފެއްދި ވަޒީރުންގެ ކޮމިޓީއަށް ބަދަލު ގެނެސްފި

2 ދުވަސް ކުރިން
team

ނިލަންދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައިފި

2 ދުވަސް ކުރިން
team

މިނިސްޓްރީ އުވާލުމުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނީ ހުރަހެއް ނެތް

2 ދުވަސް ކުރިން
team

ހަދިޔާގެ ގޮތުގައި ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު

2 ދުވަސް ކުރިން
team

މެދުއިރުމަތީގެ ހަމަނުޖެހުން މަޝްވަރާގެ މަތިން ހައްލުކުރޭ!

2 ދުވަސް ކުރިން
team

ބީއެމްއެލުން ވީރަން މޯލްޑިވްސްއާ އެކު، އެއްބަސްވުމެއް ގާއިމުކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy