—
ޔޫރަފް ކޮލިޓީގެ ބޭސް ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިންނަށް ލިބޭނެ "ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު" އެންސްޕާއިން ތަންފީޒުކުރަން ފަށައިފިއެވެ.
ރާއްޖެއިން ދިވެހިންނަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް ނުލިބެއެވެ. ބައެއް ފަހަރު ކައިރި ގައުމުތަކުން ބޭސް ލިބެނީ ބަލި މީހާގެ ހާލަތު ބޮޑުވާ ފަހުންނެވެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަނަށް އެމްއެފްޑީއޭ އިން ކަށަވަރު ކުރި ނަމަވެސް "އެފިކަސް" އަދި މުހިންމުވާ ހުރިހާ ކަމެއް ކަށަވަރެއް ނުކުރެވެއެވެ.
އޭގެ އިތުރުން ބޭސް ގަންނަނީ ތިންވަނަ ފަރާތެއްގެ އަތުންނެވެ. އަދި ބޭހުގެ ވިޔަފާރީގެ ބޮޑުބަޔަކީ އަމިއްލަ ކުންފުނިތަކެކެވެ. އެ ކުންފުނިތަކުން ބޮޑު ފައިދާއެއް ނަގައެވެ.
ރާއްޖޭގައި ބޭހުގެ އަގު ދުނިޔޭގެ ނިސްބަތުން 15 އިންސައްތަ ބޮޑެވެ އަދި މި ސަރަހައްދުގެ އަގުތަަކަށް ބަލާނަމަ ރާއްޖެއިން ލިބޭ ބޭހުގެ އަގު 70 އިންސައްތަ ބޮޑެވެ. މިއީ ބޭހުގެ މާކެޓަށް ދިމާވެފައިވާ މައްސަލައެކެވެ.
ސަރުކާރުން ބުނެފައިވަނީ ބަލްކް ޕްރޮކިއުމެންޓަކީ ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫޠލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކް ޕްރޮކިޔާކޮށް ރާއްޖެއަށް ގެނައުމަށް ފަށާ ޕްރޮޖެކްޓެއް ކަމަށެވެ.
ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ހައްލެއް ނެތި ބޮއްސުންލާފައިވާ ޒަމާންވީ މައްސަލަ ހައްލު ކުރުން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގެންނާނީ ޔޫރަޕްގެ ގައުމުތަކުގައު ބޭނުންކުރުމަށް އެ ގައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސް ކަމަށާއި އޭރުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެންމެ ފެންވަރު ރަނގަޅު ބޭސް ހަރަދު ކުޑަކޮށް ލިބިގެންދާނެ ކަމަށެވެ.
ބޭހުގެ އަގު ވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ބޭހުގެ ވިޔަފާރީގެ ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އަދި އާންމު ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ޖާގަލިބިގެންދާނެ ކަމަށެވެ.
ސަރުކާރުން ބުނީ ޕްރޮޖެކްތްގެ ދަށުން މި އަހަރު އެންމެ ފުރަތަމަ ޔޫރަޕް ކޮލެޓީގެ ހަތް ބޭހެއް ދައުރުކުރަން ފަށާނެ ކަމަށެވެ. އެއަށް ފަހު ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ފުރިހަމަކުރުމަށް ފަހު އިތުރުން ތިން ބޭހެއް ދައުރުކުރަން ފެށޭނެ ކަމަށެވެ.
މި ބަދަލާއިއެކު އާސަންދައިގެ އަސާސީ އަގު ކަނޑައަޅާނީ ރީޓެއިލް ފައިދާއަކާއެކު ވިއްކޭ ވަރަށް ކަމަށް ސަރުކާރުން ބުނެއެވެ. އެސްޓީއޯއިން ބޭސް ގަނެ އަމިއްލަ ފާމަސީތަަކަށް ފައިދާއާކއެކު ވިއްކޭނެ ކަމަށާއި ނަމަވެސް އެއީ ކުރިން ނަގަމުންދިޔަހާ އިންތިހާ ބޮޑު ފައިދާއެއް ނޫން ކަމަށެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް