މިޔަރެއް ހަމަލާ ދިނުމުން، ޓޫރިސްޓަކު ޒަހަމްވެ، އެއް ފައި ބުރިކޮށްލަން ޖެހިއްޖެ

މިޔަރެއް ހަމަލާ ދިނުމުން، ޓޫރިސްޓަކު ޒަހަމްވެ، އެއް ފައި ބުރިކޮށްލައިފި ---

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިނަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އަދި މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ބުރިކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށާއި އަދި ފުރިހަމަ ކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރު ކޮށްދޭންޖެހޭ އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

team

ޕީއެންސީގެ އެސްޖީ މުއާޒު އިސްތިއުފާ ދީފި

2 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ބުރަ ނުޖައްސައި ތެލުގެ ކަންކަން މިދަނީ ވީ އެންމެ ރަނގަޅަކަށް މެނޭޖު ކުރަމުން: ޝިޔާމް

7 ގަޑިއިރު ކުރިން
team

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓް ކުރަނީ

21 ގަޑިއިރު ކުރިން
team

8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެ، އަނިޔާކުރި މައްސަލައެއް

1 ދުވަސް ކުރިން
team

ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް އުފައްދައިފި

1 ދުވަސް ކުރިން
team

ރައްޔިތުންގެ ޝަކުވާ ހުށަހަޅަން 24 ގަޑިއިރު ހިދުމަތް ދޭ ހާއްސަ އޮފީހެއް

1 ދުވަސް ކުރިން
team

ހަމަނުޖެހުންތަކާ ގުޅިގެން އުފެއްދި ވަޒީރުންގެ ކޮމިޓީއަށް ބަދަލު ގެނެސްފި

2 ދުވަސް ކުރިން
team

ނިލަންދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައިފި

2 ދުވަސް ކުރިން
team

މިނިސްޓްރީ އުވާލުމުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނީ ހުރަހެއް ނެތް

2 ދުވަސް ކުރިން
team

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖުމެންޓް ކޯހުގެ ތިން ބެޗު އެއްކޮށް ފަށައިފި

2 ދުވަސް ކުރިން
team

ހަދިޔާގެ ގޮތުގައި ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު

2 ދުވަސް ކުރިން
team

މެދުއިރުމަތީގެ ހަމަނުޖެހުން މަޝްވަރާގެ މަތިން ހައްލުކުރޭ!

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy