ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.
މާލެ ކަސްޓޯޑިއަލްގައި ހުއްޓައި މަރުވެފައި އޮއްވާ ފެނުނީ މ. ރޭއަލިވާގެއާގެ، މާލެ، އަހުމަދު ނަވްޝާދު، 41، އެވެ.
ފުލުހުން ބުނީ އަހުމަދު ނަވްޝާދު މަރުވީ ބަންދުގައި ހުއްޓައި ކަމަށް ވާތީ، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ބަންދު ގޮޅިތެރެއަށް ވެއްޓިފައިއޮއްވާ ފެނިގެން ނަވްޝާދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ކޮމެންޓް