މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ މިއަހަރު ނެރޭ ފުރަތަމަ ދިވެހި ފިލްމު "މަޖުނޫނު" ގެ މަސައްކަތް ފަށައިފި އެވެ.
ނަހުލާގެ މަޖުނޫނު އޮލިމްޕަހުގެ ބޮޑު ސްކްރީންގައި އަޅުވާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގަ އެވެ.
ނަހުލާ އަދި ޝިނާންގެ ޕްރޮޑަކްޝަން ހައުސް ކްރިސްޓަލް އެންޓަޓެއިންމެންޓުން ނެރޭ މަޖުނޫނުގެ ލަވަތައް ރިކޯޑު ކުރުމުގެ މަސައްކަތްތަކާއި، ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފަ އެވެ.
އެ ފިލްމުގައި ނަހުލާގެ ދެ ދަރިންކަމުގައިވާ ލާލި އާ އެވްލީ ފެންނާނެ އެވެ. އާންމުންގެ ބޮޑު ތަރުހީބެއް ހޯދި ދިވެހި ފިލްމު "ސޮރީ" ގައި ވެސް އެ ދެ ކުދިންގެ ހުނަރާއި ކުޅަދާނަކަން ފެނިފައިވެ އެވެ.
މަޖުނޫނު ފިލްމަކީ ލޯބީގައި ޖެހި ދުނިޔެއިން މޮޔަވެ، ދީވާނާ ވެފައިވާ މީހެއްގެ ހާދިސާ ދައްކުވައިދޭ ވާހަކެއްގެ މައްޗަށް ގެނެސްދޭ ފިލްމެކެވެ.
މަޖޫނޫނަކީ ވެސް ނަހުލާގެ އެހެން ފިލްމުތެކެކޭ އެއްގޮތަށް ތަފާތު މޮޅު އަދި އިބުރަތްތެރި ބަލާހިތްވާ ފިލްމަކަށް ވާނެކަމަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ.
ކޮމެންޓް