ޕަރީ ޗެޕްޓާ 2: ފުރަތަމަ ބަޔަށްވުރެ މާ ފުރިހަމަ

ޕަރީ ޗެޕްޓާ 2 ގެ ޕޯސްޓަރެއް --

ދިވެހި ފިލްމު ޕަރީ ގެ ދެވަނަ ޗެޕްޓާ އެ ފިލްމުގެ ފުރަތަމަ ޗެޕްޓާއަށްވުރެ މާ ފުރިހަމަ ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ބުނަން ފަށައިފި އެވެ.

އަލީ ސީޒަން އަދި އަހުމަދު އަހުސަން ޕްރޮޑިއުސްކުރި ބިރުވެރި ފިލްމު ޕަރީ ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފަ އެވެ.

މިއަހަރުގެ ކުރީކޮޅު ޕަރީގެ ފުރަތަމަ ޗެޕްޓާ ޕްރިމިއާ ކުރިއިރު، އެ ޗެޕްޓާ ވެސް ވެފައިވަނީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލުތަކެެއް ގެނުވި ޗެޕްޓާ އަކަށެވެ.

އެ ޗެޕްޓާއަކީ ބޭރުގެ ކުންފުންޏެއް ލައްވައި ވީއެފްއެކްސް ހެދުވި ފުރަތަމަ ފިލްމެވެ. ލަންކާގެ މޭކަޕް އާޓިސްޓުންނާއި ޝޫޓިން ކުރޫގެ އެހީތެރިކަން މި ފިލްމަށް ހޯދާފައިވާއިރު، ސީޖީއައިއާ ވިޝުއަލް އިފެކްޓްސް އަދި 7.1 ސަރައުންޑް ސައުންޑް މިކްސިންގެ މަސައްކަތް ކުރިއަށް ދިޔައީ އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯތަކުގަ އެވެ.

ފުރަތަމަ ޗެޕްޓާގެ ފުރިހަމަ ކަމާ އެކު ދެވަނަ ޗެޕްޓާ ބަލަން ދިޔަ ގިނަ ބަޔަކު ބުނީ ދެވަނަ ޗެޕްޓާ އަދި ފުރަތަމަ ޗެޕްޓާއަށްވުރެ މާ ފުރިހަމަ ކަމަށެވެ.

އެގޮތުން ދެވަނަ ޗެޕްޓާގައި ފިލްމުގެ މަންޒަރުތަކާއި ޓެކްނިކަލް މަސައްކަތްތައް ފުރިހަމަ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަން އެތައް ބަޔަކު ފާހަގަކުރި އެވެ.

މީގެ އިތުރުން އެ ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސުރުޖާސިކާ ދާސް ވަނީ ދައްކާލައިފަ އެވެ.

ޕަރީއަކީ ސްރީލަންކާއަށް ދަތުރުކުރި ދިވެހި އާއިލާއަކަށް ދިމާވި ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، އަލީ ސީޒަން، ޖުމައްޔިލް ނިމާލް، އަދި މުހައްމަދު ނައުޝާދު އަލީ ފަދަ ކުޅަދާނަ ފަންނާނުން ހިމެނެ އެވެ.

ކޮމެންޓް

team

ޕީއެންސީގެ އެސްޖީ މުއާޒު އިސްތިއުފާ ދީފި

1 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ބުރަ ނުޖައްސައި ތެލުގެ ކަންކަން މިދަނީ ވީ އެންމެ ރަނގަޅަކަށް މެނޭޖު ކުރަމުން: ޝިޔާމް

7 ގަޑިއިރު ކުރިން
team

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓް ކުރަނީ

21 ގަޑިއިރު ކުރިން
team

8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެ، އަނިޔާކުރި މައްސަލައެއް

1 ދުވަސް ކުރިން
team

ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް އުފައްދައިފި

1 ދުވަސް ކުރިން
team

ރައްޔިތުންގެ ޝަކުވާ ހުށަހަޅަން 24 ގަޑިއިރު ހިދުމަތް ދޭ ހާއްސަ އޮފީހެއް

1 ދުވަސް ކުރިން
team

ހަމަނުޖެހުންތަކާ ގުޅިގެން އުފެއްދި ވަޒީރުންގެ ކޮމިޓީއަށް ބަދަލު ގެނެސްފި

2 ދުވަސް ކުރިން
team

ނިލަންދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައިފި

2 ދުވަސް ކުރިން
team

މިނިސްޓްރީ އުވާލުމުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނީ ހުރަހެއް ނެތް

2 ދުވަސް ކުރިން
team

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖުމެންޓް ކޯހުގެ ތިން ބެޗު އެއްކޮށް ފަށައިފި

2 ދުވަސް ކުރިން
team

ހަދިޔާގެ ގޮތުގައި ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު

2 ދުވަސް ކުރިން
team

މެދުއިރުމަތީގެ ހަމަނުޖެހުން މަޝްވަރާގެ މަތިން ހައްލުކުރޭ!

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy