ޔުނީފޯމް އެޅި ކޮންމެ މީހަކީ ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރުކުރާނަން: ވަޒީރު އިޙްސާން

މިނިސްޓަރ އިޙްސާން

ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވުޒާރާގެ ދަށުން ހިންގާ ހުރިހާ މުއައްސަސާއެއްގެ ޔުނީފޯމު އެޅި ކޮންމެ މީހަކީ ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރުކުރައްވާނެކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 134 އަހަރު ފުރުމާއި ގުޅިގެން ދިދަ ނެގުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަސްޓަމްސް ސަރވިސްއަށް 134 ވަނަ އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމްސްގެ މައި ޢިމާރާތުގައި ދިދަ ނެގުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. ދިދަ ނަންގަވައިދެއްވީ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދެވެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޤައުމުގެ ސަލާމަތީ ޚިދުމަތްދޭ އެއްބާރަށް އަހަރުތަކެއް ފުރިގެން ދިޔުމަކީ އެ ޤައުމެއް ފުރާ ފުރިހަމަވެގެން އަންނަ ކަމުގެ ހެކެއް ކަމަށެވެ. އަދި އެއީ ޤައުމެއްގެ ސިފަ ހުރިކަން ދައްކުވައިދޭ އެއް ބަހާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކަސްޓަމްސްގެ ޚިދުމަތަކީ ދިނުމަށް ފަސޭހަ ޚިދުމަތެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޔުނީފޯމް އަޅައިގެން ދޭ އެއްވެސް ޚިދުމަތަކީ އޭގެ ޒާތުގައި ފަސޭހަ ޚިދުމަތެއް ނޫންކަމަށް ވިދާޅުވެފައެވެ. އިޙްސާން ވިދާޅުވީ ކަސްޓަމްސްގެ ޚިދުމަތަކީ ރާއްޖޭގެ ބޯޑަރުތަކުގެ ކައިރިން ދޭ އެންމެ އުނދަގޫ އެއް ޚިދުމަތް ކަމަށާއި، ރައްޔިތުންނާއި ގާތުން ސަލާމަތީ ކަންކަން ކަށަވަރު ކުރުމާއެކު އެ ޚިދުމަތަކީ ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޔުނީފޯމް އެޅި އޮފިސަރުން މިހާރަށްވުރެވެސް މަތީ ހިސާބެއްގައި ހިފެއްޓޭތޯ ބައްލަވާނެ ކަމަށާއި، އެ ހިފަހައްޓާ ހިފެއްޓުމުގައި ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޔުނީފޯމް އަޅައިގެން ޚިދުމަތްދޭ ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރުކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް އެދޭ އެދުމެއް ރާއްޖޭގެ ބޯޑަރު ސެކިއުރިޓީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ޓްރޭޑް ފެސިލިޓޭޝަން ފޯރުކޮށްދެމުންދާއިރު ޚިދުމަތް ވީހާވެސް ގާތުން ރައްޔިތުން އެދޭ ގޮތަށް ބައްޓަން ކުރުމަކީ. އެގޮތަށް ޚިދުމަތްދޭ ދިނުމުގައި ރައްޔިތުންނަށް އުފާވެރިކަމާ އަވަހަށް ޚިދުމަތް ދިނުން ކަށަވަރު ކުރުމަކީ އަމާޒަކަށްވާން ވާނެ." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މުއައްސަސާތަކުން ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން ކަމަށެވެ. ކަސްޓަމްސްގެ ޚިދުމަތާމެދު ރައްޔިތުން ދެކޭ ގޮތް އެއްދުވަހަށްވުރެ އަނެއް ދުވަހެއް ބަދަލުވެ ރަނގަޅުވެގެން އައުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއްކަމަށްވެސް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފަށާފައިވަނީ މީލާދީން 1890 ވަނަ އަހަރު ޖުލައި މަހު 18 ވަނަ ދުވަހުއެވެ. ބަންޑާރަ ފިހާރައިގެ ނަމުގައި ދޭން ފެށި މި ޚިދުމަތް މިހާރު ބޭނުންކުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަމަށް ބަދަލުވީ 11 ނޮވެމްބަރ 1998 ގައެވެ. އަދި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބަދަލުވެގެންދިޔައީ 11 މެއި 2011 ގައި ތަސްދީގުކުރި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

27 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy