މިރޭގެ ޖަލްސާގައި ޙުސްނީ ވާހަކަފުޅު ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ވެއްޖެނަމަ ކޮންމެ އަހަރަކުވެސް ދާއިރާ ކަޕް ބާއްވާނެ ކަމަށާއި، ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް މި އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ޙުސްނީ މިފަދައިން ވިދާޅުވީ މަނަދޫގައި މިހާރު ކުރިއަށްދާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަޅުގަނޑު ކައިރި ވަރަށް ގިނަ ޒުވާނުން އެދުނު ކޮބާތޯ އެ ޒުވާނުންނަށް އޮތް ފުރުޞަތު ތަކަކީ، ދާއިރާ މުބާރާތް ބޭއްވުން ފަދަ ކަމެއް ކުރުމުގެ ވަޢުދު ވާން ކެރޭނެތޯ އަޅުގަނޑު ކައިރި ޒުވާނުން އަހާ. އަޅުގަނޑު ދެންނެވިން އެއީ އަޅުގަނޑަށް އެހާ އުނދަގޫ ކަމެއް ނޫނޭ. އަޅުގަނޑު އިންތިހާބުވެއްޖެ ނަމަ ދާއިރާގައި ރަނގަޅު ފެންވަރުގެ ކުޅިވަރު މުބާރާތެއް ބާއްވާނަން. ކޮންމެ އަހަރަކުވެސް ބާއްވާނަން - ޙުސްނީ ވިދާޅުވިއެވެ.
މަޖިލީހުގެ ސްޕަރ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ނިންމާނީ މުޢިއްޒު ސްޕީޑުގައި ކަމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ އަލްއުސްތާޛު ޙުސްނީ މުބާރިކް މިރޭ ވިދާޅުވިއެވެ..
ރިޔާސީ ނިޒާމެއްގައި ތިން ބާރު އުފެދިފައިވާ ގޮތުން، ވެރިކަން ހިންގާ ބާރަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށާއި، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ހުރިހާ ވަޢުދެއް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރަށް އެ ފުރުޞަތު ދޭން ޖެހޭ ކަމަށެވެ.
ރައްޔިތުން އެދޭ ކޮންމެ ކަމެއްގައި އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށާއި، މި ޤައުމުގެ ހުންގާނުގައި މިއަދު ހުންނެވީ ޤައުމަށް ނުހަނު އިޚްލާޞްތެރި ވެރިއެއް ކަމަށެވެ. މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ފަހި ފުރުޞަތެއް ކަމަށާއި، އެ ފުރުޞަތުގެ ބޭނުން ރައްޔިތުން ހިފަން ޖެހޭ ކަމަށެވެ.
ޙުސްނީ އަކީ ޤާނޫނީ ދާއިރާގައި 13 އަހަރުގެ ތަޖުރިބާ ހުރި ޢިލްމީ ޤާބިލް ބޭފުޅެކެވެ. މުޅި ދާއިރާއަށް ޙުސްނީ ވަޢުދުވެލައްވަނީ، ދިވެހީން ސަލާންޖަހަން ނުޖެހޭ ނިޒާމެއް ބިނާ ކުރުމާއި، އެއްވެސް ރައްޔިތެއްގެ ކަމެއްގައި ފަސް ނުޖެހުމާއި، ދިވެހީންނަށް ޖަވާބުދާރީވާނެ މަޖިލީހެއް އުފެއްދުމަށެވެ.
މި އިންތިހާބުގައި ޖުމްލަ 4 ކެނޑިޑޭޓެއް ވާދަކުރައްވާއިރު، އިންތިހާބުގެ ޕްލެޖް ދައްކާގޮތުން ޙުސްނީ އުޅުއްވަނީ މާ ކުރީގައެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް