ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރަސްމީ ދަތުރުފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.
ރައީސް އޮފީހާއި ހަވާލާދީ ލަންކާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ ކުރީކޮޅުގައެވެ. ސީދާ ކޮން ތާރީހެއް ސާފުނުވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެކި ދާއިރާތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިއެވެ. އަދި ގިނަ ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ރޭވިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
މި ފަހުން ރައީސް ވަނީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި ސްރީލަންކާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއް ހެދުމާ ގުޅޭ ގޮތުން މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ފޮނުވާފައެވެ.
ރައީސް މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެ ގައުމެއްގެ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށާއި ޝަރީއަތްތައް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ދެވޭނެ ކަމަށެވެ. އަދި މި އެއްބަސވުމުގެ ދަށުން ރާއްޖެ އާއި ލަންކާގެ ގުޅުން ދަމަހައްޓާ ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދެގައުމުންވެސް ފޯރުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ގާނޫނުގައި އޮންނަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް