ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ޖެހޭ - ރައީސް

ރައީސް ޑރ މުޢިއްޒު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ޖެހޭ ކަމަށާއި އެކަމަށް މަގުފަހި ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތައް ހަރަދު ދެކޮޅު ޖެހޭ ގޮތައް އިންތިހާބުތައް ބާއްވަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 125 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. "ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން އެބަޖެހޭ. އޭރުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އެފައިސާ އިން ކުޑަ ރަށެއްގެ ރައްޔިތުން ދާއިމަށް ބޮޑު ރަށަކަށް ބަދަލުކުރުން ކަމަށް ވީނަމަވެސް އެކަން ކުރެވޭނެ. މިދެއިންތިހާބު އެއްކޮށް ބާއްވާނަމަ ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ފަސޭހަ ވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބުތައް އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށާއި އެކަން ކުރަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން މިއަހަރު ނުވަތަ އެންމެ ލަސްވެގެން އަންނަ އަހަރު ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިޤުތިޞާދު އަނދަވަޅުގެ ވާހަކަ ނޮވެމްބަރ 17 ގައި ދެންނެވިން ކަމަށާއި އެމަނިކުފާނު ކުރަން ނިންމި ގޮތައް ކުރަން ރޭވި ގޮތައް ކަންތައްތައް ދަނީ ކުރެވެމުން ކަމަށެވެ. "ހަމަމަގުން ގައުމު ކުރިއަށް ގެންދިއުމަށް ބަދަހިކަމާއި އެކުވެރިކަން ވަރަށް މުހިއްމު. އަޅުގަނޑުމެންނަށް އެންމެ މުހިއްމީ ދިވެހިރައްޔިތުން އެދޭގޮތައް ގައުމުގެ ކަންކަން ކުރުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ކުއްލިއަކަށް ކަމެއް ވިސްނިގެން ކަންކަން ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި މެނިފެސްޓޯގައި އެއޮތީ ކަންކަން ކުރާނެގޮތް ލިޔެފައި ކަމަށެވެ. "ހަރަދު ކުޑަކުރާ ވާހަކަ ދައްކާއިރު ގައުމަށް ކަތާވަރަށް ނިޒާމީ ބަދަލުތައް ގެންނަ ވާހަކަ ދައްކަން އެބަޖެހޭ. ވަރަށް ގިނަ އިންތިހާބުތައް އެބައޮތް." ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy