ފަލަސްތީނުގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 16 މީހުން ޝަހީދުވެއްޖެ

ޣައްޒާގެ މެދުތެރޭގެ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި، ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދޭ އދ.ގެ ސްކޫލަކަށް އިސްރާއީލުން ހަމަލާދިން ތަނަށް ފަލަސްތީނުގެ ރައްޔިތުން އެއްވެފައި. ފޮޓޯ: ރޮއިޓަރސް

މެދުތެރޭ ޣައްޒާގެ އަލް ނޫސެއިރާތުގައި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންނަށް ހިޔާވަހިކަން ދެމުން އަންނަ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 16 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީން ހޮނިހިރު ދުވަހު ވަނީ ބުނެފި އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެ ސްކޫލަށް ދިން ހަމަލާގައި 16 މީހުން ޝަހީދުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ޣައްޒާގެ ސިވިލް އިމަޖެންސީ ސާވިސްގެ ތަރުޖަމާނު މަހްމޫދު ބާސަލް ވިދާޅުވީ ޒަހަމްވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ހާލު ސީރިއަސްކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ސްކޫލަށް ދިން ހަމަލާގެ މާނައަކީ ގެދޮރު ދޫކޮށް ހިޔާވަހިކަން ހޯދަން ނުކުންނަ އާއިލާތަކަށް ހަނގުރާމާގައި އެއްވެސް ތަނެއް ރައްކާތެރި ނޫން ކަމަށެވެ.

ޣައްޒާގެ ތާރީޚީ 8 ރެފިއުޖީ ކޭމްޕްގެ ތެރޭގައި ހިމެނޭ އަލް ނުސައިރަތަކީ މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުން ބޮން ގޮއްވާލި ތަނެވެ. މީގެ ކުރިން ވެސް އެ ކޭމްޕުގެ ގެއަކަށް ދިން ވައިގެ ހަމަލާއެއްގައި 10 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ސިއްހީ އެހީތެރިން ބުނެ އެވެ.

ނުވަ މަސް ދުވަސްވެފައިވާ މި ހަނގުރާމައިގައި ޝަހީދުވާ މީހުންގެ މައުލޫމާތު ކޮންމެ ދުވަހަކު އަޕްޑޭޓް ކުރަމުން އަންނަ ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 29 މީހަކު ޝަހީދުވެ، 100 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ޣައްޒާސަރުކާރުގެ މީޑިއާ އޮފީހުން ބުނީ، ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގެ ފަސް ނޫސްވެރިން ވެސް ހިމެނޭ ކަމަށާއި، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޝަހީދުވި ނޫސްވެރިންގެ އަދަދު 158 އަށް އަރާފައިވާ ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 38،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެ އެވެ. ހަމާސް ޖަމާއަތް ނައްތާލުމުގެ މަގްސަދުގައި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި އޮޕަރޭޝަންގައި، ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި 1،200 މީހުން މަރުވެ، 250 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށް އިސްރާއީލުގެ ސިފައިން ބުނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy