ރައީސް ޔާމީން
ޝައްކެއް ނެތް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަކީ އިދިކޮޅު ޕާޓީކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ މިރޭ ޕީއެންއެފުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޔާމީން ވިދާޅުވީ، ދާދި ފަހުން ޕީއެންއެން ފުޅާ ވެގެން އައިސްފައިވާއިރު، އެ ޕާޓީ ވަރަށް ޅަފަތުގައި އޮއްވާ އިދިކޮޅު ޕާޓީ ކަމަށް ލޭބަލް ކޮށްފައިވާ ކަމަށެވެ.
"ވަރަށް ޅަފަތުގައި އަޅުގަނޑުމެންގެ ޕާޓީ ވަރަށް ޅަފަތުގައި އޮއްވާ އިދިކޮޅު ޕާޓީ ކަމަށް ލޭބަލް ކޮށްފި - ޔާމީން
މި ޖަލްސާގެ ތެރެއިން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ މުވައްސަސާތައް ހުރީ ކޮރުވެފައި ކަމަށާއި މި ސަރުކާރުން އެ މުއައްސަސާތަކުގެ ބާރު ހިންގިޔަ ނުދީ ހިފަހައްޓައިގެން އުޅޭ ކަމަށެވެ.
"ހުރިހާ މުވައްސަސާތައް ހުރީ ކޮރުވެފައި، ބާރު ހިންގިޔަ ނުދޭ. ޚުދުމުހުތާރު ވެރިޔަކު ބޭނުންވާނެތޯ މުވައްސަސާތަކެއް. ވެރިޔާ ބޭނުން ނުވީމަ މުވައްސަސާތައް ޑިސް ފަންކްޝަނަލްވީ. އޭގެ މާނައަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުން ގޮތަކަށް ހިންގަން ޖާގަދިނީ." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި މުވައްސަސާތަކުންނާއި އިސްވެރިން ދަނީ ގަދަކަމުން ރައީސް މުއިއްޒު ލައްވާ ދޮގު ވާހަކަތައް ދައްކާ އެމަނިކުފާނު ކުށްވެރި ކުރައްވަމުންނެވެ. އަދި އެހާ ރަނގަޅު ވެރިއަކު މަގުފުރެއްދުމުގެ ބޭނުމަކީ ކޮބައިތޯ ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.
ހަމައެއާއެކު މަސްވެރިން ކުރި އިހުތިޖާޖުގައި ފުލުހުންނަށް ކިޔަމަން ނުވި މަސްވެރިންގެ ދޯނިތަކުން މިފްކޯއިން މަސް ކިރުވުން މަނާކުރިކަން ފާހަގަކުރައްވަމުން ޔާމީން ވަނީ ފުލުހުން ރައީސް މުއިއްޒުގެ މައްޗަށް ބާރު ފޯރުވާ ކަމަށް ތުހުމަތުކޮށްފައެެވެ.
ކުރީގެ ސީޕީ ހުސެއިން ހަމީދު އެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވީ، ޕާޓީއެއް ވެއްޖެއްޔާ އަސާސްތަކެއް އޮންނަން ޖެހޭ ކަމަށާއި، ވެރިކަން ބަދަލު ކުރީ ރާއްޖޭގެ ރައްޔިތުން ވެރިކަން ބަދަލު ކުރަން ބޭނުންވެފަ ތިބިލެއް ބޮޑު ކަމުން ކަމަށް ކަމަށާއި ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް އޮތުމާއި ގުޅިގެން ރާއްޖޭގެ އިސްތިގުލާލަށް ކޮށްފާނެ އަސަރަކަށްޓަކައި ރާއްޖޭގެ ރައްޔިތުން ނިކުމެ ވެރިކަން ބަދަލު ކުރީ ކަމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް