އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރަކަށް ޑރ. ޒޭބާ

ޑރ ޒޭބާ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރަކަށް ޑރ. އައިމިނަތު ޒޭބާ އަހުމަދު ހަމަޖައްސައިފިއެވެ.

އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު ޒޭބާ އެ މަގާމަށް ހަމަޖެއްސީ މިއަދެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ، ޑރ. ޒެއިބާ އެ މަގާމަށް ހަމަޖައްސާފައިވަނީ ތިން އަހަރުގެ މުއްދަތަކަށް ކަމަށެވެ. މިއަދުން ފެށިގެން މެޑިކަލް ޑިރެެކްޓަރުގެ ޒިންމާ ޑރ. ޒޭބާ އަދާކުރައްވަމުން ގެންދަވާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

އެގޮތުން ކްލިނިކަލް އޮޕަރޭޝަންތައް ބެލެހެއްޓުމާއި ބަލި މީހުންނާއި މުވައްޒަފުންނަށް ހޮސްޕިޓަލުގައި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމަށް ޑރ. ޒޭބާ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރަކަށް ހުންނެވީ ރޭޑިއޮލޮޖިސްޓް ޑރ. އާމިނަތު ނަޒީރެވެ. ޑރ. ޒޭބާ އެ މަގާމަށް އައްޔަން ކުރެއްވީ ޑރ. އާމިނަތު ނަޒީރުގެ ދައުރުހަމަވުމުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވެ.

މެޑިކަލް ޑިރެކްޓަރުގެ އަސާސީ މުސާރައަކީ 41،344 ރުފިޔާއެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް 30،783 ރުފިޔާގެ އެލަވަންސެއްވެސް ލިބޭނެއެވެ. އެހެންކަމުން މެޑިކަލް ޑިރެކްޓަރަކަށް މަހަކު 72،125 ރުފިޔާ ލިބޭނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy