ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކުރަން މަސައްކަތް ކުރާނަން: ރައީސް ޑރ. މުއިއްޒު

ރައީސް ޑރ. މުއިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ސަލާންކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެއިން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

މި މުނާސަބަތާ ގުޅުވައިގެން ރައީސް ޑރ. މުއިއްޒު ތަހުނިޔާ ފޮނުއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށާއި، ބޮޑުވަޒީރު، ލީ ޗާންގްއަށް ވަކިވަކިން ފޮނުއްވި ސިޓީފުޅު ތަކުގަ އެވެ.

ރައީސްގެ ސިޓީފުޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.

ޗައިނާގެ ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ، "ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ގައުމު ހިއްސާކުރާ ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާ، އިސްތިގުލާލީ ހަމަހަމަ ކަމާއި، ސަރަހައްދީ އިތުބާރު ދެމެހެއްޓުމާއި، ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރައްވާފަ އެވެ.

އޭގެ އިތުރުން އެ މަނިކުފާނު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުންތަކުގެ ސަބަބުން، ދެ ގައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ފުރިހަމަވެ، ވަރުގަދަވެގެން ހިނގައްޖެކަން ފާހަގަ ކުރައްވައި، އަދި މީގެ ސަބަބުން، މުސްތަގުބަލުގައި ދޭދޭ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ޗައިނާގެ ގައުމީ ދުވަހަކީ، އެ ގައުމުގެ ޒަމާންވީ ތަރައްގީގެ ދަތުރު ރަމްޒުކޮށްދޭ މުހިންމު ދުވަހެއްކަން ފާހަގަ ކުރައްވައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ރާއްޖެއިން އަބަދު ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅުތައް ނިންމަވާލައްވާފައިވަނީ، ދެ ބޭފުޅުންނަށް ވެސް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، ޗައިނާގެ ރައްޔިތުންނަށް ސުލްހަ މަސަލަސްކަމާއި ފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓް

team

"ދެވި" މާދަމާ ރޭ އޮލިމްޕަހަށް، 1 އޮކްޓޯބަރުން ފެށިގެން ރަށްރަށަށް

5 ގަޑިއިރު ކުރިން
team

ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލް އާސާރުގެ މައުރަޒެއް ޗައިނާގައި

5 ގަޑިއިރު ކުރިން
team

ރާއްޖެ އާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!

1 ދުވަސް ކުރިން
team

އާ ރިހެބުން ލިބޭނީ ފެންވަރު ރަނގަޅު ފަރުވާ: އިހުސާން

1 ދުވަސް ކުރިން
team

އައްޑޫ ލިންކް ރޯޑް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ހިންމަފުށީ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގެ އައުއިމާރާތުގެ ބިންގާ އަޅައިފި

1 ދުވަސް ކުރިން
team

އެމްއޭސީއެލުން އަޔާޓާ އެކްރެޑިޓޭޝަން ކާމިޔާބު ކަމާއެކު އައުކޮށްފި

1 ދުވަސް ކުރިން
team

"ސައުދީއަކީ އަބަދުވެސް ރާއްޖެއިން ނުހަނު އިތުބާރުކުރާ، ގަދަރުވެރި ބައިވެރިއެއް"

1 ދުވަސް ކުރިން
team

ފުވައްމުލަކަށް ޑުރަގު އެތެރެކުރަނިކޮށް އަތުލައިގެންފި

1 ދުވަސް ކުރިން
team

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު، ސަލާމަތް ކޮށްފި

1 ދުވަސް ކުރިން
team

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2 ދުވަސް ކުރިން
team

ރާއްޖެއާއި ސައުދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުން އެބަދޭ: ރައީސް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy